މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކެތި ފޯރުކޮށްދޭނޭ ފަރާތެއް ހޯދަން

އަންދާސީ ހިސާބު ހުށަހެޅުން.

މި އިދާރާއިން އައިޑީ ކާޑު ހަދައިދިނުމުގެ ޚިދުމަތް ދިނުމަށްޓަކައި ތިރީގައި މިދަންނަވާ ތަކެތި ފޯރުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ހޯދަން ބޭނުންވާ ތަކެތި:

އަދަދު

އައިޓަމް

ތަފްޞީލު

1

ސްކޭނަރ

Portable, Flatbed

Optical resolution: 1200 x 1200 dpi

Interface type: USB 2.0

1

ފިންގަރ ޕްރިންޓް  ކެޕްޗަރ ޑިވައިސް

Verifier R 300 LC USB (or latest)

  • All devices to be quoted with SDK
  • Must be compatible with windows XP
  • Vendor to check if the item is obsolete

1

ސިގްނޭޗަރ ޕެޑް ވިތް ޔޫ.އެސް.ބީ ކޭބަލް

T-LBK766SE-BHSB-R – Topaz signature Gem 4x5 LCD Signature Pad

  • All devices to be quoted with SDK
  • Must be compatible with windows XP

1

ޑިޖިޓަލް ކެމެރާ ވިތް ޕަވަރ އެންޑް މެމޮރީ ކާރޑް (2GB)

Branded (cannon 1100D is Recommended)

  • File format: JPEG
  • Auto focus feature
  • 6-10 mega pixels
  • Hot shoes
  • PC sync terminal (USB 2.0, with cable); Must be compatible with windows XP

1

ކެމެރާ ސްޓޭންޑް

  • Must be compatible with quoted camera
  • Stand head with metal clamp

ވީމާ، މިތަކެތި ހޯދައިދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިކައުންސިލްގެ އިދާރާއަށް ދުރުވެ، މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިކައުންސިލްގެ އިދާރާއަށް ދުރުވެދެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

ބިޑް ހުށަހެޅުން

12 އޮކްޓޫބަރު 2015 (ހޯމަ) 11:00 (ހެނދުނު)

15 އޮކްޓޫބަރު 2015 (ބުރާސްފަތި) 11:00 (ހެނދުނު)

މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް އަދި ވިޔަފާރިއެއްކަން އެނގޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތަކުން މަޢޫލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވެލައްވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަމިއްލަ ފަރާތަކުން އެ ބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް، އެހެން ބޭފުޅަކު ހާޒިރުވެލައްވާނަމަ، ހާޒިރުވާ ފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަދި އެބޭފުޅަކު ތަމްސީލުކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލުކުރައްވަނީ ކޮން ބޭފުޅެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެ ނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީ ގަޑީގައި މިކައުންސިލްގެ ނަންބަރު: 6580049 ފޯނަށް ގުޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރެއްވުމަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބިލައްވާ ފަރާތެވެ.

1- އަގު (75 އިންސައްތަ)

2- ތަކެތި ފޯރުކޮށްދޭ މުއްދަތު (15 އިންސައްތަ)

3- މިފަދަ މަސައްކަތެއް ކުރެވިދާނެކަމުގެ މާލީ ޤާބިލުކަމަށް (10 އިންސައްތަ)

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ސެޕްޓެންބަރު 2015

16 ސެޕްޓެންބަރު 2015
ހޯދާ