ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމްޕިޔުޓަރ ޓެކްނީޝަން

މި ސްކޫލްގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

އެސިސްޓެންޓް ކޮމްޕިޔުޓަރ ޓެކްނީޝަން

މަޤާމު

ޖީ. އެސް. 4، އޮފިސަރ ގްރޭޑް2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ 2

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

1

ބޭނުންވާ އަދަދު

223309

މަޤާމުގެ ނަންބަރު

ވިލުފުށި/ ވިލުފުށީ ސްކޫލް، އެޑްމިން ސެކްޝަން

ވަޒިފާ އަދާ ކުރަންޖެހޭ ރަށް/ އޮފީހާއި، ސެކްޝަން

މުސާރަ: -/5020ރ

ސަރވިސް އެލަވަންސް: -/1500ރ

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

މުސާރައާއި ޢިނާޔަތްތައް

  • އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ޝަރުޠު

  1. ކޮމްޕިއުޓަރު ތަކާބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
  2. ސްކޫލުގެ ކޮމްޕިއުޓަރުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  3. ސުކޫލްގެ ނެޓްވޯރކް ބެލެހެއްޓުން.
  4. ސުކޫލްގެ އިންޓްރާނެޓް ބަލަހައްޓާ އަޕްޑޭޓް ކުރުން.
  5. އެންޓިވައިރަސް އަޕްޑޭޓްކުރުން.
  6. ކަޑައެޅިފައިވާ އުޞޫލުން ކްލާސްތަކަށް ކޮމްޕިއުޓަރ ކިޔަވައިދިނުން.
  7. ހަފްތާއަކު އެއްފަހަރު ކޮމްޕިއުޓަރުތައް ސްކޭންކޮށް ޑީފްރެގްމެންޓްކުރުން.
  8. ރީސައިކަލް ބިން ހުސްކުރުން.
  9. ކޮމްޕިއުޓަރުތަކުގެ ކޮންޑިޝަން ޗެކްކުރުން.
  10. ބޭނުން ނޫންފައިލްތައް ނަށްތާލުން.
  11. އެއްވެސް ކޮމްޕިއުޓަރަކަށް މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ވެރިއަކަށް ދަންނަވާ އެމައްސަލަ ޙައްލުކުރުން.
  12. ކޮމްޕިއުޓަރުތައް މަރާމާތުކުރުމާއި މާލެ ފޮނުވުމަށާއި ގެނައުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  13. އިންޕޮމޭޝަން ޓެކްނޮލޮޖީގެ ގޮތުން ސްކޫލަށް ހޯދޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  14. ސްކޫލުގެ ކޮމްޕިއުޓަރުތައް އެއްތަނުން އަނެތްތަނަށް ބަދަލުކުރުމުގެ ކުރިން ވެރިއަކަށް ދެންނެވުން.
  15. ބައުވެ ނުވަތަ ހަލާކުވެ ބޭނުން ނުކުރެވޭ ތަކެތީގެ ލިސްޓް ތައްޔާރުކޮށް ސްކޫލު އޮފީހަށް ހުށަހަޅަމުން ގެންދިއުން.
  16. މަސައްކަތު މީހުންގެ އެހީއާއެކު ކޮމްޕިއުޓަރުތައް ފޮހެ ސާފްކޮށް ބެލެހެއްޓުން.
  17. މަތީ ޘާނަވީ ކުދިންނަށް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ކަންތައްތައް ރޭވުމާއި ކުދިން އިންޓަރނެޓްގެ ޚިދުމަތް ހޯދާއިރު އެކަން މޮނީޓަރކޮށް އެޚިދުމަތް ލިބިގަންނަނީ ހެޔޮގޮތުގައިތޯ ބަލައި އަޅަންޖެހޭ ފިޔަވަޅުއެޅުން.
  18. ސްކޫލުގެ ބެލް ސިސްޓަމަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ބަރާބަރަށް ބެލް ޖެހޭނޭ ގޮތް އިންތިޒާމުކުރުން.
  19. ސްކޫލުން ހިންގާ ހަރަކާތްތަކާއި ބާއްވާ ބައްދަލުވުންތަކަށް ސައުންޑް ތައްޔާރުކުރުމާއިި ފޮޓޯނެގުމާއި މޫވީ ކުރުމުގެ ކަންތައްތައް ކުރުން.
  20. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ސްކޫލުގެ މުވައްޒަފުންނަށް ބޭނުންވާ ކަންކަމުގައި އެހީތެރިވުން.
  21. އޯޑިއޯ ވިޝުއަލްއާއި ގުޅޭތަކެތި ބެލެހެއްޓުން
  22. ކޮމްޕިއުޓަރ ލެބާއި ގުޅޭގޮތުން އިދާރާއިން ހަމަޖައްސާ އުސޫލުތައް ތަންފީޒުކުރުމުގައި އިސް ދައުރެއް އަދާކުރުން.
  23. ކޮމްޕިއުޓަރ ލެބްގެ ކޮމްޕިއުޓަރ ތަކުގައި ޓީޗަރުން ރައްކާކުރާ ޓެސްޓް ޕޭޕަރތައް ފަދަ މުޙިންމު ލިޔުންތައް ސިއްރުކޮށް އެހެން ފަރާތްތަކަށް އެކަމުގެ މަޢްލޫމާތު ނުދިނުން.
  24. ޖަލްސާތަކާއި ބައްދަލުވުންތަކުގައި ސައުންޑް ސިސްޓަމް ބޭނުންކުރަން ޖެހިއްޖެ ނަމަ އެކަން އިންތިޒާމުކުރުން.
  25. އިދާރީގޮތުން އެހީތެރިވުން.
  26. ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން

ސްކޫލްގައި ދިމާވާ ބޮޑެތި ކަންތައްތަކާއި މަސައްކަތްތަކުގައި އަދި ބާއްވާ އެކިއެކި މުބާރާތްތަކާއި، ރަސްމިއްޔާތުތައް އިންތިޒާމު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު

 

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • އިންޓަރވިއު.
  • ކޮމްޕިއުޓަރގެ މަސައްކަތަށް އަހުލުވެރިވެފައިވާ މިންވަރު.
  • ގިނަވަގުތު ހިވާގިކަމާއެކު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
  • މުޢާމަލާތުކުރުމުގެ ހުނަރު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ތ.ވިލުފުށީ ސްކޫލް އޮފީހަށް

ތަކެތި ހުށަހަޅަންވީގޮތް

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 11 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން.

ސުންގަޑި

  • މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 އޮކްޓޫބަރު މަހުގެ ތާރީޚެއްގައި ތ.ވިލުފުށީ ސްކޫލް ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

އިންޓަވިއު ކުރުން

  •  ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު ވިލުފުށީ ސްކޫލް އޮފީހުން ލިބިވަޑައިގަންނަވާނެއެވެ.)
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލްގެ ނަންބަރު 7940633 އަށް ގުޅުއްވުން އެދެމެވެ.

16 ޛުލްޙިއްޖާ 1436

29 ސެޕްޓެންބަރު 2015
ހޯދާ