މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވެލޮޕަރ

މަޤާމު:

ސޮފްޓްވެއަރ ޑިވެލޮޕަރ

ބޭނުންވާ އަދަދު:

01

މުސާރަ:

  1.  15,000.00(ފަނަރަހާސް ރުފިޔާ)

 

މަސައްކަތް ކުރަންޖެހޭ ވަގުތު:

ހެނދުނު 08:00 އިންފެށިގެން 16:00 އަށް (އާދިއްތާ – ބުރާސްފަތި)

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިވިޜަން:

އައި.ޓީ ޔުނިޓް

ތައުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ސޮފްޓްވެއަރ އިންޖިނިއަރިންގ ގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު 2 އަހަރު ދުވަހުގެ  މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • ސޮފްޓްވެއަރ އިންޖިނިއަރިން ދާއިރާއިން ޑިޕްލޮމާ ލިބިފައިވުމާއިއެކު 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން 
  • ސޮފްޓް އިންޖިނިއަރިންގ ގެ ދާއިރާއިން 5 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • މި މަޤާމުގައި ކުރަން ޖެހޭނެ މައިގަނޑު މަސައްކަތަކީ ވެބް އެޕްލިކޭޝަންތައް ޑިވެލޮޕް ކުރުމެވެ. ވީމާ،  Php,MySQL,html,CSS,JavaScript,SSL އިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިކަމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރާ އެކު)
  • މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮފީ (އެޓެސްޓްކޮށްފައި)
  • ވަޒީފާ އަދާކުރައްވާނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާނަމަ އެންމެފަހުން އަދާކުރިވަޒީފާ އެނގޭނެ ރަސްމީލިޔުން
  • ޕޮލިސް ރިޕޯޓު (މަސައްކަތަށް ހޮވުމުން)

ސުންގަޑި:

މި މަޤާމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ވަނަވަރު އަދި އެކުގައިހުށަހަޅުއްވަންޖެހޭ ލިޔުންތަކާއެކު 07 އޮކްޓޫބަރު 2015ވާ ބުދަ ދުވަހުގެ 15:00 ކުރިން ޕޯސްޓް ބިލްޑިންގގެ 03 ވަނަ ފްލޯރއަށް ވަޑައިގެން އެޗްއާރު ޑިޕާރޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖައްސަވަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މިމަޤާމުތަކަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތަށް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާތިލްކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ  ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009271، 3009272، 3009273، 3009274

ފެކްސް: 3321559

01 އޮކްޓޫބަރު 2015
ހޯދާ