އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތިތަކަށް ކޭބަލްވަޅުލުން

މަގުބައްތިތަކަށް ކޭބަލްވަޅުލުން

ހަންޏާމީދޫގެ އިޖްތިމާއީ ސަރަޙައްދު ތަކުގައި ދިއްލާފައިވާ ބައްތި ތަކުގެ ތެރެއިން ބައެއް ބައްތިތަކަށް މިހާރު އަޅަފައިހުރި ކޭބަލް ނަގާ، އެތަންތަނަށް އާކޭބަލް ވަޅުލައި ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން މިއިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 އޮކްޓޫބަރު 2015 (އާދިއްތަ) ދުވަހުގެ 10:30 ގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 01 އޮކްޓޫބަރު 2015 (ބުރާސްފަތި) ދުވަހުގެ 10:30 ގައި ހަންޏާމީދޫ ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް އެއްވެސް ފަރާތެއްގެ ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެގޭނެފަދަ ލިޔުމެއް ހުށަހަޅުއްވަން ވާނެއެވެ.

ޕޮއިންޓް ދިނުމުގެ އުސޫލު

  1. ހުށަހަޅާ އެންމެ ކުޑައަގަށް 60 ޕޮއިންޓް
  2. އެންމެ ކުރުމުއްދަތަށް 30 ޕޮއިންޓް
  3. ތަޖުރިބާއަށް 10 ޕޮއިންޓް
16 ސެޕްޓެންބަރު 2015
ހޯދާ