މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މެއިލް މެނޭޖްމަންޓް ސޮފްޓްވެއަރއެއް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުން

މެއިލް މެނޭޖްމަންޓް ސޮފްޓްވެއަރއެއް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މެއިލް މެނޭޖްމަންޓް ސޮފްޓްވެއަރއެއް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 4 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ޕޯސްޓް ބިލްޑިންގގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޒިރުވެ ނަން ނޯޓުކުރައްވާ ފަރާތްތަކަށެވެ.

14 ޛުލްޙިއްޖާ 1436

28 ސެޕްޓެންބަރު 2015
ހޯދާ