މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު:

ސީނިއަރ ޕްލޭނިންގ އޮފިސަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/7035ރ.

ސަރވިސް އެލަވަންސް:

މަހަކު -/2000ރ.

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

--

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ސެކްޝަން

ޕްލޭނިންގ

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:

އެމް.އެސް. 2

މަޤާމުގެ ޝަރުޠު:

1. ޓޫރިޒަމް މެނޭޖްމަންޓް / ހޮސްޕިޓާލިޓީ މެނޭޖްމަންޓް / ބިޒްނަސްމެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2. ޓޫރިޒަމް މެނޭޖްމަންޓް / ހޮސްޕިޓާލިޓީ މެނޭޖްމަންޓް / ބިޒްނަސްމެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

3. ޓޫރިޒަމް މެނޭޖްމަންޓް / ހޮސްޕިޓާލިޓީ މެނޭޖްމަންޓް / ބިޒްނަސްމެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ

4. ޓޫރިޒަމް މެނޭޖްމަންޓް / ހޮސްޕިޓާލިޓީ މެނޭޖްމަންޓް / ބިޒްނަސްމެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޓޫރިޒަމް މާސްޓަރޕްލޭން ތައްޔާރުކުރުމުގައި އެހީވެ، މާސްޓަރޕްލޭންގައި ކަނޑައެޅިފައިވާ މަޝްރޫޢުތައް ހިންގުމުގައި އިންތިޒާމު ހަމަޖައްސައި، މިކަންކަން ކުރިއަށްދާގޮތް މޮނިޓަރކޮށް މާސްޓަރޕްލޭން ރިވިއު ކުރުމާއި ގަވާއިދުން ރިޕޯޓް ތައްޔާރުކުރުމުގައި އިދާރީގޮތުން އެހީވެދިނުން
  • ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތައްޔާރުކުރުމުގެ އިދާރީ މަސައްކަތްތައް ކުރުން އަދި ރިވިއު ރިޕޯޓް ފޮނުވުމަށް އެހީވެދިނުން
  • މިނިސްޓްރީ އޮފް ޓޫރިޒަމްގެ ދަށުގައި ހިމެނޭ ރަށްތަކުގެ، ފަޅުތަކުގެ، އަދި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ޓޫރިޒަމް އިންޑަސްޓްރީ ތަރައްޤީ ކުރުމަށް ހުށަހެޅޭ ހުށަހެޅުން ދިރާސާކޮށް، މިގޮތުން ހިންގޭ ޕްރޮޖެކްޓްތައް ކުރިއަށްދާ މޮނިޓަރކޮށް ތައްޔާރުކުރުމުގައި އިދާރީގޮތުން އެހީވެދިނުން
  • ސެކްޝަންގެ އިދާރީ މަސައްކަތް ބެލެހެއްޓުން

އުޖޫރައާއި އިނާޔަތްތައް:

  • މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އަދި ސްޕެޝަލް ޑިއުޓީ އެލަވަންސް

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ކޮމްޕިއުޓަރު ބޭނުންކުރަން އެންގުން އަދި އޮޓޯކޭޑް ޕްރޮގްރާމް ދަންނަ މީހެއްކަމުގައި ވުން.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެރި މީހެއްކަމުގައިވުން.

 

މަޤާމު:

ޕްލޭނިންގ އޮފިސަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/5610ރ.

ސަރވިސް އެލަވަންސް:

މަހަކު -/2000ރ.

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

--

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ސެކްޝަން

ޕްލޭނިންގ

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް.އެސް. 1

މަޤާމުގެ ޝަރުތު:

1. ޓޫރިޒަމް މެނޭޖްމަންޓް / ހޮސްޕިޓާލިޓީ މެނޭޖްމަންޓް / ބިޒްނަސްމެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2. ޓޫރިޒަމް މެނޭޖްމަންޓް / ހޮސްޕިޓާލިޓީ މެނޭޖްމަންޓް / ބިޒްނަސްމެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

3. ޓޫރިޒަމް މެނޭޖްމަންޓް / ހޮސްޕިޓާލިޓީ މެނޭޖްމަންޓް / ބިޒްނަސްމެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޓޫރިޒަމް އިންޑަސްޓްރީ ތަރައްޤީ ކުރުމަށް ހުށަހެޅޭ ހުށަހެޅުންތައް ދިރާސާކޮށް، މިގޮތުން ހިންގޭ ޕްރޮޖެކްޓްތައް ކުރިއަށްދާގޮތް މޮނިޓަރކޮށް ތައްޔާރުކުރުމުގައި އިދާރީގޮތުން އެހީވެދިނުން
  • ޓޫރިޒަމް ދާއިރާއާ ގުޅޭ އެކިއެކި ސެމިނަރ، ވާރކްޝޮޕް އަދި ކޮންފަރެންސްތަކުގައި ބައިވެރިވުމުގެ އިންތިޒާމު ހަމަޖެއްސުމާއި، މިފަދަ ބައްދަލުވުންތަކުން ނިންމޭ ނިންމުންތަކަށް ޢަމަލީ ސިފަ ގެނައުމާބެހޭ އިދާރީ މަސައްކަތްތައް ކުރުން
  • ސެކްޝަންގެ އިންވެންޓްރީ ބެލެހެއްޓުމާއި އަދި އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް އިދާރީ މަސައްކަތް ކުރުމަށް އެހީތެރިވެދިނުން.
  • ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތައްޔާރުކުރުމުގެ އިދާރީ މަސައްކަތްތައް ކުރުން އަދި ރިވިއު ރިޕޯޓް ފޮނުވުމަށް އެހީވެދިނުން
  • ޕްލޭނިންގ ސެކްޝަންއަށް ބޭނުންވާ، މިމިނިސްޓްރީގެ ހަވާލުގެ ދަށުގައިވާ ރަށްރަށްތަކާބެހޭ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.
  • ސެކްޝަންގެ އިދާރީ މަސައްކަތް ކުރުން

އުޖޫރައާއި އިނާޔަތްތައް:

  • މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އަދި ސްޕެޝަލް ޑިއުޓީ އެލަވަންސް

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ކޮމްޕިއުޓަރު ބޭނުންކުރަން އެނގުން. އަދި އޮޓޯކޭޑް ޕްރޮގްރާމް ދަންނަ މީހެއްކަމުގައިވުން.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެރި މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިމިނިސްޓްރީގެ ކައުންޓަރުން އަދި މިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން ލިބެން ހުންނާނެ)
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

ސުންގަޑި:

މިމަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު (މިމިނިސްޓްރީގެ ކައުންޓަރުން އަދި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ) ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 06 އޮކްޓޫބަރު 2015ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުން އެދެން. (ވެލާނާގެ، 5ވަނަ ފަންގިފިލާ)

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއި އިންޓަރވިއުކުރުން ހަމަޖެހިފައިވަނީ ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން 1 ހަފްތާގެ ތެރޭގައި މިމިނިސްޓްރީގެ މީޓިންގރޫމުގައެވެ. މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3022200 ފޯނާއެވެ. ފެކްސް ނަންބަރަކީ 3322512 އެވެ.

އިންޓަރވިއުއަށް ހޮވޭ ފަރާތްތަކާ އިންޓަރވިއުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން އިންޓަރވިއުއަށް އަންނަންވީ ވަގުތު އެންގޭނޭ ކަމުގައިވެސް މިފުރުޞަތުގައި ދެންނެވީމެވެ.

17 ސެޕްޓެންބަރު 2015
ހޯދާ