މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
'ފަތުރުވެރިކަމުގެ ޞިނާޢަތުގެ ޖޮބް ފެއަރ' އާ ގުޅޭ

2015 ވަނަ އަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމާއި ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުވުމާ ގުޅިގެން ބާއްވާ "ފަތުރުވެރިކަމުގެ ޞިނާޢަތުގެ ޖޮބް ފެއަރ" އާ ގުޅޭގޮތުން

މި މިނިސްޓްރީން 6 ސެޕްޓެންބަރު 2015 ގައި ކޮށްފައިވާ އިޢުލާން ނަންބަރު:IUL)88-IIHR/1/2015/16) ހަވާލާދީ ދަންނަވަމަވެ.

ހަވާލާދެވިފައިވާ އިޢުލާނުގައި ޖޮބް ފެއަރގެ އަންދާސީހިސާބު ހުށަހެޅުމަށް ދީފައިވާ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައިވާތީ، 27 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

29 ޛުލްޤަޢިދާ 1436

13 ސެޕްޓެންބަރު 2015
ހޯދާ