ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ މޭޒު ޖަހާދޭނެ ފަރާތެއް ހޯދުމާގުޅޭ

ކޮމްޕިއުޓަރ މޭޒު ޖަހާދޭނެ ފަރާތެއް ހޯދުމާގުޅޭ 

މިފެކަލްޓީގެ ކޮމްޕިއުޓަރ ލެބްގައި ބޭނުންކުރުމަށްޓަކައި 12 ކޮމްޕިއުޓަރ މޭޒު ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު މިފެކަލްޓީގެ ނަންބަރު: 153FE/2015/18 (ތާރީޚު:02 އޮގަސްޓް 2015) ގެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް މާ ބޮޑުކަމަށް ފެންނާތީވެ، އެ އިޢުލާން ބާޠިލުކޮށް، މިފެކަލްޓީގެ ކޮމްޕިއުޓަރ ލެބްގައި ބޭނުންކުރުމަށްޓަކައި 12 ކޮމްޕިއުޓަރ މޭޒު ޖަހައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 29 ސެޕްޓެންބަރު 2015ވާ އަންގާރަ ދުވަހުގެ 11:30 އަށް މިފެކަލްޓީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 01 އޮކްޓޫބަރު 2015ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އަންދާސީހިސާބު ބަލައިގަނެވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބުތަކެވެ.

02 ޛުލްޙިއްޖާ 1436

16 ސެޕްޓެންބަރު 2015
ހޯދާ