ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރުމާބެހޭ

ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރުމާބެހޭ

ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލުގައި މަރާމާތުތަކެއް ކުރުމަށް ކުރި ހޮސްޕިޓަލުގެ ނަންބަރު: IUL)SH-FAH-RM/SH-FAH/2015/28)ފ(14 ސެޕްޓެންބަރު 2015) އިޢުލާނު، މަޢުލޫމާތު ސާފުކުރަން ހަމަޖެހިފައިވާ ދުވަސް ކަމުގައިވާ 27 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަސް، ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖައްސަވާފައިވާތީ އެ އިޢުލާނު ބާޠިލުކޮށް، އެ މަސައްކަތް ކުރުމަށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 07 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 13:00 އަށް ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

3 ޛުލްޙިއްޖާ 1436

17 ސެޕްޓެންބަރު 2015
ހޯދާ