މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް:

ސީނިއަރ ކޮލިޓީ އޮޑިޓިންގ އޮފިސަރ 

ބޭނުންވާ އަދަދު:

2

މުސާރަ:

މަހަކު -/6295ރ.

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

--

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް

ކޮލިޓީ އެންޑް ރެޖިސްޓްރޭޝަން ސެކްޝަން

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:

އެމް.އެސް. 2

މަޤާމުގެ ޝަރުތު:

  • މި މިނިސްޓްރީގެ ނަންބަރު IUL)88-AHF/88/2015/31) (ތާރީޚު: 1 ސެޕްޓެންބަރު 2015) ގެ އިޢުލާނުގައި ދެންނެވިފައިވާ މަޤާމުގެ ޝަރުޠުތަކާއި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ މުއްދަތު ތިރީގައިވާ ފަދައިން ބަދަލުކުރެވުނު ވާހަކަ ދެނެނެވީމެވެ.
  1. އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓާލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

  2. އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓާލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

  3. އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓާލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ

  4. އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓާލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ފަތުރުވެރިން ބައިތިއްބާ ރިޒޯޓް، ހޮޓެލް، ޕިކްނިކް އައިލެންޑް، ގެސްޓް ހައުސް، ޓޫރިސްޓް އުޅަނދުފަހަރު، ފީނުމާބެހޭ މަރުކަޒު، ޓްރެވެލް އެޖެންސީ އަދި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ލިބިދޭ ޚިދުމަތާއި ތަނުގެ ފެންވަރު ގަވާއިދާ އެއްގޮތަށް ހުރިތޯ ބަލައި އިންސްޕެކްޓްކޮށް ރިޕޯރޓް ތައްޔާރު ކުރުން.
  • މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފަތުރުވެރިން ބައިތިއްބާ ރިސޯޓް، ހޮޓެލް، ގެސްޓް ހައުސް، ފީނުމުގެ ޚިދުމަތްދޭ މަރުކަޒު، އުޅަނދުފަހަރު އަދި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ފެންވަރުހުރީ ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމަށް އިންސްޕެކްޓްކުރުން.
  • މިނިސްޓްރީގެ އިދާރީ ޤާބިލިއްޔަތުކަން އިތުރުކޮށް، ލާމަރުކަޒީ އުޞޫލުން ހިންގުމަށް މަގުފަހިކުރުމަށްޓަކައި ޕްރޮވިންސްތަކުގައި މިދާއިރާގެ މޮނިޓަރިންގ އަދި ރެގިއުލޭޓަރީ މަސައްކަތްކުރާ ފަރާތްތައް ތަމްރީންކުރުމުގެ މަސައްކަތް ރާވައި ހިންގުން.
  • ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ޚިދުމަތާއި ތަނުގެ ފެންވަރު ކަނޑައެޅުމާބެހޭ ގޮތުން ތައްޔާރުކުރަން ޖެހޭ ގަވާއިދުތައް ހެދުމުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ސްޓޭންޑަރޑްސްތައް އަޕްޑޭޓްކުރުމުގެ މަސައްކަތްތައް ދިރާސާ ކުރުން.
  • ރިޒޯޓްތަކަށް އަންގަންޖެހޭ އެންގުންތަކާއި ފަޔަރ އެންޑް ސޭފްޓީގެ ތަމްރީންތަކާއި ޑްރިލްތަކާ ބެހޭ ގޮތުން ރިޒޯޓްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުން.
  • އިންޑަސްޓްރީއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެފައިވުމާއެކު ކުރިން ހެދިފައިހުރި ފެންވަރާބެހޭ ގަވާއިދުތައް އިސްލާޙުކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  • ކޮލިޓީ އެޝުއަރެންސް ޔުނިޓްގެ ލިޔެކިއުންތައް ބެލެހެއްޓުމާއި އިދާރީ މަސައްކަތް ކުރުން.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތު ތަޖްރިބާ ލިބިފައިވުން.
  2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައިވުން.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި މީހެއްކަމުގައިވުން.

މަޤާމް:

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/4465 ރ.

ސަރވިސް އެލަވަންސް:

މަހަކު -/1500 ރ.

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ސެކްޝަން

--

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓޫރިޒަމް ބައި، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް:

އެޑްމިންސްޓްރޭޝަން

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް.3

މަޤާމުގެ ޝަރުތު:

  1. މަގާމުގެ މަސައްކަތާ ގުޅޭ (ފްރަންޓް އޮފީސް/ އޮފީސް މެނޭޖްމަންޓް ނުވަތަ އޮފީސް އެޑްމިނިސްޓްރޭޝަން)  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

އޮފީހަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުމާއި، އޮފީހުގެ ބައްދަލުވުންތަކަށް / އެޕޮއިންޓްތަކަށް އަންނަ ފަރާތްތައް ރިސީވްކުރުމާއި، އޮފީހަށް އަންނަ ސިޓީތައް ބަލައިގަނެ އެންޓަރކޮށް ކަމާބެހޭ ސެކްޝަންތަކަށް ރޫޓްކުރުމާއި އޮފީހުގެ އެހެން އިދާރީ މަސައްކަތްތައް.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ރިސެޕްޝަނިސްޓެއްގެ ވަޒީފާނުވަތަ އެއާ ގުޅުން ހުރި ދާއިރާއަކުން މަސައްކަތު ތަޖްރިބާ ލިބިފައިވުން.
  2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައިވުން.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
  4. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  5. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުމާއި، ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު ކަންތައްތައް ކުރުން.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ
  • ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ވަޒީފާ އަދި މުސާރައިގެ ކުރިއެރުން.
  • ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މިމިނިސްޓްރީގެ ކައުންޓަރުން އަދި މިނިސްޓްރީގެ ވެބްސައިޓްwww.tourism.gov.mv  އިން ލިބެންހުންނާނެ)
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

މިމަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް (މިމިނިސްޓްރީގެ ކައުންޓަރުން އަދި މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެ) ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހު 15:00 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުން އެދެން. (ވެލާނާގެ، 5ވަނަ ފަންގިފިލާ)

އިތުރު މަޢުލޫމާތު:

  • މިމަގާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަރވިއުކުރުން ހަމަޖެހިފައިވަނީ ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން 1 ހަފުތާގެ ތެރޭގައި މިމިނިސްޓްރީގެ މީޓިންގ ރޫމުގައެވެ.
  • މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3022200 ފޯނަށެވެ. ފެކްސް ނަންބަރަކީ 3322512 އެވެ.

އިންޓަރވިއުއަށް ހޮވޭފަރާތްތަކާއި އިންޓަރވިއުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން އިންޓަރވިއުއަށް އަންނަންވީ ވަގުތު އެންގޭނޭ ކަމުގައިވެސް މިފުރުޞަތުގައި ދެންނެވީމެވެ.

 

08 ސެޕްޓެންބަރު 2015
ހޯދާ