އޮމަދޫ ސްކޫލް ތ.އޮމަދޫ
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

މި އިޢުލާންވަނީ 10 ސެޕްޓެންބަރު 2015 12:03 ގައި ބާތިލް ކުރެވިފައެވެ.


1

ބޭނުންވާ އަދަދު

-

މަޤާމުގެ ނަންބަރު:

ރިލީފް ޓީޗަރ

މަޤާމު:

ތ.އޮމަދޫ

ވަޒީފާ އަދާކުރަންޖެހޭ ރަށް

އޮމަދޫ މަދަރުސާ

އޮފީސް:

ސަރވިސް އެލަވަންސް

މަޤާމުގެ އަސާސީ މުސާރަ

ޝަރުޠު

ކްލެސިފިކޭޝަން

ރޭންކް

މަޤާމު

-/1500 ރުފިޔާ

-/4000 ރުފިޔާ

ކިޔަވައި ދިނުމުގެ ދާއިރާއިން ސެޓްފިކެޓް ޙާޞިލްކޮށްފައިވުން.

 

-

-

ރިލީފް ޓީޗަރ

-/4000 ރުފިޔާ

ގްރޭޑް 10 ނިންމާ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ ދެމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހިން "ސީ" ފާސްލިބިފައިވުން.

-/3565 ރުފިޔާ

ގްރޭޑް 10 ނިންމާފައިވުން.

  • ކިޔަވައިދިނުމާ ގުޅޭގޮތުންކުރަންޖެހޭ މަސައްކަތްތައްކުރުން
  • ބެލެނިވެރިންނާއި، ދަރިވަރުންނާއި ޓީޗަރުން ސްކޫލާއިމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރުން.
  • ޤައުމީމަންހަޖާ އެއްގޮތަށް އުގައްނައިދިނުމުގެ އެންމެހާ ކަންތައްތައް ރާވާހިންގުން.
  • ކުދިންގެ ތަޢުލީމާއި ތަރުބިއްޔަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން
  • ކުދިންގެ ކިބައިގައި ދީނީ، އަޚުލާޤީ ސިފަތައް އަށަގެންނެވުން.
  • ވަށާޖަހާ ތަޢުލީމަކަށް މަގުފަހިވާނެހެން އިތުރު ޙަރަކާތްތައް ރާވާހިންގުން.
  • މުދައްރިސުންގެ މަސައްކަތުގެ ފެންވަރުބަލާ މޮނިޓަރކުރުން.
  • ދަރިވަރުންގެ ރެކޯޑުތައް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުން.
  • ލޯކަލް އިމްތިޙާންތަކާއި އިންޓަނޭޝަނަލް އިމްތިހާންތަކުގެ އެއްމެހާ ކަންކަން ކުރިއަށް ގެންދިއުން.
  • ޓީޗަރުންނާއި އެޗް އޯޑީންގެ މަސައްކަތްތައް ބަލާ އޮބްޒާވްކޮށް ފަންނީ ގޮތުން ދޭންޖެހޭ ލަފަޔާއި އިރުޝާދު ދިނުން.
  • ކިޔަވައިދިނުމާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ރެކޯޑްތައް އެއްކޮށް، އެރެކޯޑްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ދަރިވަރުންގެ ފެންވަރު މަތިކުރުމަށް ތަފާތު ޕްރޮގްރާމްތައް ޓީޗަރުންނާއި އެޗް އޯޑީން މެދުވެރިކޮށް ރާވާ ހިންގާ ބެލެހެއްޓުން.
  • އެކި މާއްދާ ތަކުން ދަށްކަމަށް ފާހަގަ ކުރެވޭ ކުދިންނަށް ރިމީޑިއަލް ޕްރޮގްރާމްތައް ރާވާ ޓީޗަރުން މެދުވެރިކޮށް ހިންގާ ބެލެހެއްޓުން.
  • ދަރިވަރުންގެ އަޚްލާޤީ ކަންތައްތައް ރަނގަޅު ކުރުމަށް ތަފާތު ހަރަކާތްތައް ރާވާ ހިންގުމާއި، ދަރިވަރުންގެ އަޚުލާޤީ މައްސަލަތައް ބަލާ ފިޔަވަޅު އަޅަންޖެހޭ ކަންތައްތަކުގައި ފިޔަވަޅު އަޅާ ރެކޯޑް ބެލެހެއްޓުން.
  • ކަނޑައެޅޭ އުސޫލެއްގެ މަތިން ކޯޑިނޭޝަން މީޓީންގތައް ބާއްވާ މުދައްރިސުންގެ މަޝްވަރާއާއެކު ނިންމޭ ކަންތައްތައް ތަންފީޒް ކުރުމަށް މަސައްކަތް ކުރުމާއި، ކިޔަވައި ދިނުމާ ގުޅިގެން ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުން.
  • ސްކޫލްގެ ކޯކަރިކިއުލަރ ހަރަކާތްތައް އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުގެ މަތިން ރާވާހިންގުމަށް މަސައްކަތްކުރުމާއި މިކަމާގުޅޭ އެންމެހާ ރެކޯޑްތައް ބެލެހެއްޓުން.
  • ދަރިވަރުންގެ ލީވިންގ ސަޓިފިކެޓް ހެދުމަށް ބޭނުންވާ މަޢުލޫމާތު ފުރިހަމަ ކުރުވާ އެމަޢުލޫމާތު ޗެކުކޮށް ޕްރިންސިޕަލްއާއި ހަމައަށް ގެންގޮސްދިނުން.
  • ކޮންމެ ޓާރމެއް ނިމުމުން ބެލެނިވެރިންނަށް ފީޑްބެކް ދިނުމަށް ބޭއްވޭ ބައްދަލުވުންތައް ބޭއްވުމާއި، ފީޑްބެކް ފޯމްތައް ތައްޔާރުކުރުވުމާއި އެތަކެތި ބެލެހެއްޓުން.
  • ދަރިވަރުންގެ ރެކޯޑް ފައިލްތައް ގަވާއިދުން ބެލެހެއްޓުމަށް ޓީޗަރުންނާއި ޙަވާލުކޮށް އެތަކެތި ގަވާއިދުން ބަލަހައްޓާތޯ ބަލާ ޗެކްކުރުން.
  • އިތުރުގަޑީގައި މުވައްޒަފުން ކުރާ މަސައްކަތް (ހަވާލުވެފައިވާ މުވައްޒަފުންގެ) ބަލާ ޗެކްކުރުން.
  • ޓީޗަރުންގެ އެޕްރައިޒަލް ފޯމްތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަ ކުރަމުން ގެންދިއުމާއި މާރކްސް ދިނުމާއި، މާރކްސްތައް އޭގެ ވެރިފަރާތަށް ކިޔައިދީ އޭނަގެ ސޮއި ހޯއްދެވުމާއެކު އެޕްރައިޒަލް ފޯމު ފުރިހަމަކޮށް ނިންމާ މުވައްޒަފުންނާބެހޭ ސެކްޝަނަށް ހުށަހެޅުން.
  • ކިޔަވައިދިނުމާ ބެހޭގޮތުން ބެއްލެވުމަށް ވަޒީފާ ބަޔާންގައި ހިމަނާފައިވާ ކަމަކާ ގުޅިގެން ސްކޫލް ބޯޑް، ޕީ.ޓީ.އޭއިން، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން، ބެލެނިވެރިން އަދި ނޫސްވެރިން، މީޑިއާ ފަދަ ތަނަކުން މަޢުލޫމާތެއް ބޭނުންވެއްޖެނަމަ އެކަމެއް ހިނގާގޮތާއި ހިނގަމުންދާގޮތުގެ ފުރިހަމަ މަޢުލޫމާތު ތައްޔާރުކުރައްވާ ޕްރިންސިޕަލްގެ ހުއްދައާއެކު ދެއްވުން.
  • ކިޔަވައި ދިނުމަށް ސްކޫލްގައި ލިބެންހުރި އެކިއެކި ވަސީލަތްތައް ދަރިވަރުންނާއި ޓީޗަރުން ބޭނުން ކުރުމުގައި އޭގެ އެންމެ ފައިދާހުރި ޚަރަދުކުޑަ ގޮތްގޮތަށް ބޭނުން ކުރުމަށް މަޢުލޫމާތު ދެއްވާ ހަނދާން ކޮށްދެއްވަމުން ގެންދިއުން.
  • ލައިބްރަރީން އަނބުރާ ދައްކާ ގޮތަށް ދޫކޮށްފައިވާ ފޮތްތައް ދިރާސީ އަހަރެއް ނިމޭއިރު އަނބުރާ ދައްކާފައި ހުރިތޯ  ލައިބްރޭރިއަނުން މެދުވެރިކޮށް ޗެކުކުރެއްވުން. އެތަކެތި އަބުރާ ނުދައްކާނަމަ ލައިބްރޭރިއަނަށް އެތަކެތި ހޯދުމަށް އެންގެވުން.

މަޤާމުގެ މަސްއޫލިއްޔަތު

އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުގެ މަތިން ދެވޭނެއެވެ.

މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް

  1. ތަޢުލީމާއި ތަމްރީން
  2. މަސައްކަތު ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ވަޒީފާއަށް އެދޭ ފޯމު (މިފޯމު މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުން.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)  

ހުށަހަޅަންޖެހޭ ލިޔުންތައް

 

 މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ސްކޫލްގެ އޮފީހަށް ހުށައެޅުން

ހުށައަޅަންވީ ގޮތް

16 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތ.އޮމަދޫ ސްކޫލްގެ އިދާރާއަށެވެ.

ސުންގަޑި

  • މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އިންޓަރވިޔު ކުރެވޭނީ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކެވެ.
  • މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ ހުށާހަޅަން ޖެހޭ ތަކެތި ހުށަހަޅަންޖެހޭ މުއްދަތު ހަމަވާތާ 15 ދުވަސް ތެރޭގައެވެ.
  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780572 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލޫމާތު

22 ޛުލްޤަޢިދާ 1436 ހ.  

06 ސެޕްޓެންބަރު 2015
ހޯދާ