މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ 

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/4465 ރ.

ސަރވިސް އެލަވަންސް:

މަހަކު -/1500 ރ.

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް:

އެޑްމިންސްޓްރޭޝަން ޔުނިޓް

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް.3

މަޤާމުގެ ޝަރުޠު:

  • އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް، މެނޭޖްމަންޓް، އޮފީސް މެނޭޖްމަންޓްގެ އިންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޓިވް ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

މިނިސްޓްރީގެ ލިޔެކިޔުންތަކުގެ ރެކޯޑް ބެލެހެއްޓުން.

އުޖޫރައާއި އިނާޔަތްތައް:

މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އަދި ސްޕެޝަލް ޑިއުޓީ އެލަވަންސް

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. އެޑްމިނިސްޓްރޭޓިވް ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައިވުން.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުމާއި، ވިސްނުންތެރިކަމާ ކެތްތެރިކަމާއެކު ކަންތައްތައް ކުރެވޭ މީހެއް ކަމުގައިވުން.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ 

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/4465 ރ.

ސަރވިސް އެލަވަންސް:

މަހަކު -/1500 ރ.

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ސެކްޝަން:

ލީގަލް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް:

--

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް.3

މަޤާމުގެ ޝަރުޠު:

  • އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް، މެނޭޖްމަންޓް، އޮފީސް މެނޭޖްމަންޓްއިންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޓިވް ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ސެކްޝަންގެ ލިޔެކިޔުންތަކުގެ ރެކޯޑް ބެލެހެއްޓުން

އުޖޫރައާއި އިނާޔަތްތައް:

މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އަދި ސްޕެޝަލް ޑިއުޓީ އެލަވަންސް

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. އެޑްމިނިސްޓްރޭޓިވް ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައިވުން.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  6. ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރިވުމާއި، ވިސްނުންތެރިކަމާ ކެތްތެރިކަމާއެކު ކަންތައްތައް ކުރެވޭ މީހެއް ކަމުގައިވުން.

މަޤާމު:

ސްޓެޓިސްޓީޝަން   

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/11065ރ.

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

ސްޓެޓިސްޓިކްސް ޑިވިޜަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް:

--

ކްލެސިފިކޭޝަން

ޓެކްނިކަލް ސަރވިސް

ރޭންކް:

އީ.އެކްސް 3

މަޤާމުގެ ޝަރުޠު:

  • ސްޓެޓިސްޓިކްސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.
  • ސްޓެޓިސްޓިކްސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.
  • ސްޓެޓިސްޓިކްސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.
  • ސްޓެޓިސްޓިކްސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8ގެ ސަނަދެއް ހާސިލުކޮށްފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޓޫރިޒަމް އިންޑިކޭޓާސް މޮޑެލްސް ތައްޔާރުކޮށް ބެލެހެއްޓުމާއި ތަފާސްހިސާބުގެ އަލީގައި ޓޫރިޒަމް ފޯކާސްޓް ތައްޔާރުކުރުން (އެރައިވަލްސް، ބެޑްނައިޓްސް، އެވަރޭޖް ސްޓޭ، ބެޑް ކެޕޭސިޓީ، އޮކިއުޕަންސި ރޭޓް) ޑޭޓާ އެނަލައިޒްކޮށް ޓޫރިޒަމް ދާއިރާއާ ބެހޭ ގުޅުންހުރި ސަރވޭތައްކޮށް ފަތުރުވެރިކަމަށް އަންނަ ބަދަލުތައް، ކުރެވޭ ދިރާސާތަކުގެ އަލީގައި ދެނެގަނެ ރިޕޯޓު ތައްޔާރުކުރުން.
  2. ޓޫރިޒަމް ސެޓެލައިޓް އެކައުންޓަށް ބޭނުންވާނެ މަޢުލޫމާތު ހޯދާ، ޓޫރިޒަމް ސެޓެލައިޓް އެކައުންޓެއް ޤާއިމުކުރުން.
  3. ޓޫރިޒަމް ދާއިރާއިން ބޭނުންވާ ތަފާސް ހިސާބުތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަށްޓަކައި އެކުލަވާލާ ޕްރޮގްރާމްތައް ހެދުމުގައި އެހީވުން

އުޖޫރައާއި އިނާޔަތްތައް:

މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އަދި ސްޕެޝަލް ޑިއުޓީ އެލަވަންސް

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. އިކޮނޮމިކްސް ރިސާރޗް ދާއިރާއިން މަސައްކަތު ތަޖުރިބާލިބިފައިވުން.
  2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައިވުން.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުމާއި، ވިސްނުންތެރިކަމާ ކެތްތެރިކަމާއެކު ކަންތައްތައް ކުރެވޭ މީހެއް ކަމުގައިވުން.

މަޤާމު:

އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރ 

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/4465 ރ.

ސަރވިސް އެލަވަންސް:

މަހަކު -/1500 ރ.

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ސެކްޝަން:

ޑިވެލޮޕްމަންޓް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް:

އެޑްމިންސްޓްރޭޝަން ޔުނިޓް

ކްލެސިފިކޭޝަން

އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް.3

މަޤާމުގެ ޝަރުޠު:

  • ޓޫރިޒަމް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޓޫރިޒަމް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓުންކުރެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ފަތުރުވެރިކަމުގެ މަސައްކަތަށް ތަރައްޤީކުރެވިފައިވާ ތަންތަނުގައާއި ތަރައްޤީކުރެވެމުންދާ ތަންތަނުގައި އިމާރާތްކުރުމަށް ހުށަހެޅޭ ހުށަހެޅުންތަކާއި އެހެނިހެން ލިޔެކިޔުންތައް ޗެކުކޮށް، ބޭނުންވާހުއްދަތައް ދޫކުރުމައި މިކަމާ ގުޅޭކަންތައްތަކުގައި އިދާރީގޮތުން އެހީތެރިވެދީ ރެކޯޑް ބެލެހެއްޓުން
  • ފަތުރުވެރިކަމުގެ މަސައްކަތަށް ތަރައްޤީކުރެވިފައިވާ ތަންތަނުގައި ހިންގޭ ތަރައްޤިގެ މަޝްރޫއުތަކައި ފެންވަރު މަތިކުރުމުގެ މަޝްރޫއުތަކާ ބެހޭ މުޢާމަލާތުތައް ކުރުމާއި ރެކޯޑް ބެލެހެއްޓުން
  • ޑިއުޓީ މަޢާފު ކުރުމާބެހޭ އައު އުސޫލުގެދަށުން އިދާރީމަސައްކަތް ކުރުމައި އައުއުސޫލުގެ ދަށުން ހަވާލުކުރެވިފައިވާ ރަށްތަކުގެ ޑިއުޓީމަޢާފުކުރުމުގެ ކަންތައްކުރުން އަދި ރެކޯޑް ބެލެހެއްޓުން
  • ޑިވެލޮޕްމެންޓާބެހޭ ގޮތުން ރާވަންޖެހޭ އިންސްޕްކްޝަންތައްރާވާ ރިޕޯޓު ތައްޔާރުކުރުން އަދި ރެކޯޑް ބެލެހެއްޓުން
  • ރިޒޯޓްތަކުގެ ލޭންޑް އޭރިއާއާއިބެހޭގޮތުން ކުރަންޖެހޭ ސަރވޭތަކާ ގުޅޭކޮތުން ކުރަންޖެހޭ މަސައްކަތް ބެލެހެއްޓުން
  • ރިޒޯޓްތަކުގެ ކޮންސެޕްޓް އަދި އެހެނިހެން ކުރެހުންތަށް އިވަލުއޭޓްކޮށް ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން އަދި ރެކޯޑް ބެލެހެއްޓުން

އުޖޫރައާއި އިނާޔަތްތައް:

މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އަދި ސްޕެޝަލް ޑިއުޓީ އެލަވަންސް

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ކޮމްޕިއުޓަރު ބޭނުންކުރަން އެންގުން އަދި އޮޓޯކޭޑް ޕްރޮގްރާމް ދަންނަ މީހެއްކަމުގައި ވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
  • ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
  • އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެރި މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިމިނިސްޓްރީގެ ކައުންޓަރުން އަދި މިނިސްޓްރީގެ ވެބްސައިޓްwww.tourism.gov.mv  އިން ލިބެންހުންނާނެ)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

ސުންގަޑި:

މިމަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު (މިމިނިސްޓްރީގެ ކައުންޓަރުން އަދި މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެ) ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 14 ސެޕްޓެންބަރު 2015ވާ ހޯމަ ދުވަހު 15:00ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުން އެދެން. (ވެލާނާގެ، 5ވަނަ ފަންގިފިލާ)

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއި އިންޓަރވިއުކުރުން ހަމަޖެހިފައިވަނީ ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން 1 ހަފުތާގެ ތެރޭގައި މިމިނިސްޓްރީގެ މީޓިންގ ރޫމްގައެވެ.
  • މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3022200 ފޯނާއެވެ. ފެކްސް ނަންބަރަކީ 3322512 އެވެ.

އިންޓަރވިއުއަށް ހޮވޭފަރާތްތަކާއި އިންޓަރވިއުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން އިންޓަރވިއުއަށް އަންނަންވީ ވަގުތު އެންގޭނޭ ކަމުގައިވެސް މިފުރުޞަތުގައި ދެންނެވީމެވެ.

02 ސެޕްޓެންބަރު 2015
ހޯދާ