ނެއްލައިދޫ ސްކޫލް
ދިވެހިރާއްޖެ
ހދ.ނެއްލައިދޫ ސްކޫލުގައި 3 ކުލާސް ރޫމް އާއި ލެބޯޓްރީ އިމާރާތްކުރުމާ ބެހޭ

ހދ. ނެއްލައިދޫ ސްކޫލްގެ 3 ކްލާސްރޫމާއި ލެބޯޓްރީ ޢިމާރާތްކުރާނެ ފަރާތެއް ހޯދުން

ހދ. ނެއްލައިދޫ ސްކޫލްގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 3 ކްލާސްރޫމާއި ލެބޯޓްރީ (2 ބުރި ޢިމާރާތް) އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: 10/2015/I/GS93 އިޢުލާން ބާޠިލުކޮށް އަލުން އިއުލާން ކުރީމެވެ. އިޢުލާން ބާޠިލުކުރީ ޕްރީ ބިޑު މީޓިންގައި ކުރެވުނު ސުވާލުތަކަށް ޖަވާބު އެކަށޭން މުއްދަތެއްގައި ނުދެވުމުންނެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ހދ، ނެއްލައިދޫ ސްކޫލަށް ނުވަތަ "ހދ. އަތޮޅު ކައުންސިލްގެ އިދާރާ"އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުން

ޕްރީބިޑް މީޓިންގ

އަންދާސީހިސާބު ހުށަހެޅުމަށް

07 ސެޕްޓެންބަރު 2015 ވަނަ ދުވަހު 10:30

09 ސެޕްޓެންބަރު 2015 ވަނަ ދުވަހު 10:30

15 ސެޕްޓެންބަރު 2015 ވަނަދުވަހު 10:30

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6520534 ނަންބަރު ފޯނާއެވެ. އަދި 7791934 ،7978684 ނަންބަރު ފޯނާއެވެ.

އީމެއިލް: [email protected] /[email protected]

18 ޛުލްޤަޢިދާ 1436ހ

02 ސެޕްޓެންބަރު 2015
ހޯދާ