މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގއ. ކެރެއްދޫގެ ލީސް އެގްރީމަންޓުގެ ދަށުން އެރަށް ކުއްޔަށްހިފާފައިވާ ފަރާތައް ލިބިދީފައިވާ އެންމެހާ ހައްޤުތައް އެހެންފަރާތަކަށް ބަދަލު ކުރުމާބެހޭ
އިޢުލާނު
ޓޫރިސްޓު ރިޒޯޓެއް ތަރައްޤީކުރުމަށް މިމިނިސްޓްރީއިން ކުއްޔަށްދޫކޮށްފައިވާ ގއ. ކެރެއްދޫގެ ލީސް އެގްރީމަންޓުގެ ދަށުން އެރަށް ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ޙައްޤުތައް އެހެންފަރާތަކަށް ބަދަލުކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ އެ ރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ މިއިޢުލާނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އޮފީސް ބަންދުކުރުމުގެ ކުރިން، މިމިނިސްޓްރީއަށް ލިޔުމަކުން އަންގަވައިދެއްވުމަށާއި، އަދި އީމެއިލުން ހުށަހަޅުއްވާކަމުގައިވަނީނަމަ [email protected] އަށް އަންގަވައިދެއްވުމަށް އަންގައި އިޢުލާނުކުރީމެވެ.
11 ޛުލްޤަޢިދާ 1436
26 އޮގަސްޓް 2015
ހޯދާ