މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މެއިލް ކްލިއަރެންސް އޮފިސަރ

މަޤާމު:

މެއިލް ކްލިއަރެންސް އޮފިސަރ ގރ.3

ބޭނުންވާ އަދަދު:

02

މުސާރަ:

  • 4113.00 ރުފިޔާ (ހަތަރުހާސް އެއްސަތޭކަ ތޭރަ ރުފިޔާ)
  • އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އެލަވަންސް:

  • 1860.00 ރުފިޔާ
  • އެއަރޕޯޓްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން ފުޑް އެލަވަންސް ލިބޭނޭއެވެ.

 

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާޓްމަންޓް:

މެއިލް އޮޕަރޭޝަންސް ޑިވިޜަން

މަޤާމުގެ ޝަރުޠު:

  • ފުރިހަމަ ޞިއްޙަތެއްގެ ފިރިހެނަކު ކަމުގައިވުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
  • ދިވެހި އަދި އިނގިރޭސި ބަހުން ލިޔެފައި ހުންނަ އެއްޗެތި ލިޔަން އަދި ކިޔަން އެނގޭ މީހެއްކަމުގައިވުން
  • މަސައްކަތުގެ މާހައުލުގައި މުއާމަލާތް ކުރަންޖެހޭފަރާތްތަކާއި ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ މީހަކު ކަމުގައިވުން
  • ރަސްމީ ގަޑީގެ އިތުރުން އޮފީހުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތުގައި އުޅެވޭނެ، ބަރުތަކެތި އެއްތަނުން އަނެއްތަނަށް އުފުއްލޭނެ މީހަކު ކަމުގައިވުން
  • B1 ,AI ކެޓަގަރީތަކުގެ ޑްރައިވިން ލައިސަންސް އޮތް ފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާ އަދާކުރައްވާނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާނަމަ އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީލިޔުން
  • ޕޮލިސް ރިޕޯޓު (ވަޒީފާއަށް ހޮވިއްޖެނަމަ ހުށަހަޅުއްވަން ޖެހޭނެއެވެ)

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 3 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ޕޯސްޓް ބިލްޑިންގގެ 3 ވަނަ ފްލޯރއަށް ވަޑައިގެން އެޗްއާރ ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖައްސަވަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މިމަޤާމުތަކަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009271، 3009272، 3009273، 3009274

ފެކްސް: 3321559

27 އޮގަސްޓް 2015
ހޯދާ