މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބުރޭރިއަން

މިމަދަރުސާއަށް މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ. 

މަޤާމުގެ ނަން: އެސިސްޓެންޓް ލައިބުރޭރިއަން

ބޭނުންވާ އަދަދު:  01 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:  އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް: ޖީ.އެސް 4

ސެކްޝަން:   އެކަޑަމިކް

މަސައްކަތްކުރަންޖެހޭތަން: ހއ. މާރަންދޫ މަދަރުސާ/ ހއ.މާރަންދޫ

މަޤާމު އޮތް އޮފީސް/އިދާރާ: ހއ.މާރަންދޫ މަދަރުސާ / ހއ.މާރަންދޫ

މުސާރަ: -/5020 ރުފިޔާ

ސާރވިސް އެލަވަންސް: -/1500 ރުފިޔާ

އުޖޫރައާއި އިނާޔަތްތައް: އިތުރުގަޑީގައާއި ބަންދު ދުވަހު މަސައްކަތްކުރައްވާނަމަ ސިވިލްސަރވިސްގެ މުވައްޒަފުންނަށް ބަންދުދުވަހާއި އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން ބަންދުދުވަހާއި އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ އިނާޔަތު ފައިސާއާއި މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައްވެސް ލިބިލައްވާނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ލައިބްރަރީއާ ގުޅޭ ދާއިރާ، ކިޔަވައިދިނުމުގެ ދާއިރާ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި ' ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި (ލައިބްރަރީއާ ގުޅޭ ދާއިރާ، ކިޔަވައިދިނުމުގެ ދާއިރާ) 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ލައިބްރަރީން ދަރިވަރުންނާއި ޓީޗަރުންނަށް ފޮތް ދޫކުރުން.

2. ލައިބްރަރީގައި ފޮތްތައް އަތުރަންޖެހޭގޮތަށް އަތުރައި ތަރުތީބުކޮށް ބެލެހެއްޓުން.

3. ހަލާކުވާ ފޮތްތައް ހެއްދުން.

4. ލައިބްރަރީގެ އިންވެންޓްރީ ފުރިހަމަކޮށް ބެލެހެއްޓުން.

5. ލައިބްރަރީއަށް ހޯދާ ފޮތްތަކާއި ލިބޭ ފޮތްތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވައިގެން ފާސްކުރުވުން.

6. އަލަށް ލިބޭފޮތްތައް ދަރިވަރުންނަށް ތަޢާރަފުކޮށްދިނުން.

7. ފޮތްކިއުމަށް ދަރިވަރުން ޝައުޤުވެރި ކުރުވުމަށް މަދުވެގެން ޓާމަކު 1 ޕްރޮގްރާމް ހިންގުން.

8. ލައިބްރަރީއަކީ ދަރިވަރުން ޝައުޤުވެރިވާ ފަދަ ތަނެއްގެ ގޮތުގައި ބެހެއްޓުން.

9. ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.

10. ދަސްވާރު ޕްރޮގްރާމް ހިންގުމުގައި އެހީތެރިވެދިނުން.

އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

މަޤާމަށް އެދެންވީ ސުންގަޑި: މިމަޤާމަށް ކުރިމަތިލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން "ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު 02 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި އެފޯމާގުޅޭ ލިޔުންތައް މާރަންދޫ މަދަރުސާއަށް ހުށަހަޅުއްވަންވާނެއެވެ.

އިންޓަރވިއު ކުރުން: މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އިންޓަރވިއު އޮންނާނެ ތަނާއި، ދުވަހާއި، ތާރީޚު އަދި ގަޑި: އިޢުލާންގެ މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމީ ފެންވަރު
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިމަދަރުސާއާއި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

އިތުރު މައުލޫމާތު: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މަދަރުސާގެ ނަންބަރު 6500535 ފޯނާއެވެ.

 09 ޛުލްޤަޢިދާ 1436

24 އޮގަސްޓް 2015
ހޯދާ