މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވެލޮޕަރ

އިޢުލާން

 

މަޤާމު:

ސޮފްޓްވެއަރ ޑިވެލޮޕަރ

ބޭނުންވާ އަދަދު :

01

މުސާރަ :

  1.  15,000.00 (ފަނަރަހާސް ރުފިޔާ)

 

މަސައްކަތް ކުރަންޖެހޭ ވަގުތު:

ހެނދުނު 10:00 އިން ފެށިގެން 16:00 އަށް (އާދީއްތާ – ބުރާސްފަތި )

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިވިޜަން:

އައި.ޓީ ޔުނިޓް

ތައުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ސޮފްޓްވެއަރ އިންޖިނިއަރިންގގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު  2 އަހަރު ދުވަހުގެ  މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • ސޮފްޓްވެއަރ އިންޖިނިއަރިން ދާއިރާއިން ޑިޕްލޮމާ ލިބިފައިވުމާއިއެކު 4  އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ  ލިބިފައިވުން    
  • ސޮފްޓް އިންޖިނިއަރިންގގެ ދާއިރާއިން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
  • މި މަޤާމުގައި ކުރަން ޖެހޭނެ މައިގަނޑު މަސައްކަތަކީ ވެބް އެޕްލިކޭޝަންތައް ޑިވެލޮޕް ކުރުމެވެ. ވީމާ،  Php,MySQL,html,CSS,JavaScript,SSL އިން  ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން

ހުށަހަޅަންޖެހޭ ލިޔުންތައް :

  • މިކަމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިއުލާން ނަންބަރާއެކު)
  • މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮފީ (އެޓެސްޓްކޮށްފައި)
  • ވަޒީފާ އަދާކުރައްވާނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާނަމަ އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް (މަސައްކަތަށް ހޮވުމުން)

ސުންގަޑި :

މި މަޤާމަށް ޝައުގުވެރިވެވަޑައިގަންނަވާ  ފަރާތްތަކުން، ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ވަނަވަރު އަދި އެކުގައި ހުށަހަޅުއްވަންޖެހޭ ލިޔުންތަކާއެކު 27 އޮގަސްޓު 2015ވާ ބުރާސްފަތި ދުވަހުގެ 15:00 ކުރިން ޕޯސްޓް ބިލްޑިންގގެ 03 ވަނަ ފްލޯރއަށް ވަޑައިގެން އެޗްއާރު ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖައްސަވަންވާނެއެވެ.

އިތުރު މަޢުލޫމާތު :

މި މަޤާމުތަކަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009271،3009272،3009273،3009274

ފެކްސް: 3321559

22 އޮގަސްޓް 2015
ހޯދާ