މަދުރަސަތުއްސުލްޠާން މުޙަންމަދު/ގއ.ދެއްވަދޫ
ދިވެހިރާއްޖެ
މަސައްކަތު (ވަގުތީ)

ވަޒީފާގެ ފުރުޞަތު

މިމަދުރަސާއަށް ކޮންޓެރެކްޓް އެމްޕްލޯއިމަންޓް އުސޫލުން ވަގުތީ މަސައްކަތު މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު: މަސައްކަތު (ވަގުތީ)

ބޭނުންވާ އަދަދު: 1 (އެކެއް)

ގިންތި: ވަގުތީ

ރޭންކް: އެސް.އެސް.1

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ: -/3100ރ.

ސާރވިސް އެލަވަންސް: -/1000ރ.

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް އަދި ސެކްޝަން

މަދުރަސަތުލް ސުލްޠާން މުޙައްމަދު/ ގއ.ދެއްވަދޫ/ އިދާރީ ސެކްޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކާއި، ވާޖިބުތައް:

1- ސްކޫލުގެ ގޯތިތެރެއާއި، ބޯޅަދަނޑާވީ ފަރާތުގެ މަގު ކޮންމެ ދުވަހަކު ކުނިކަހައި ސާފުކުރުމާއި، ގުރޭޑް1 ، 5 ، 6 އަދި އޮފީސްރޫމް ކޮންމެ ދުވަހަކު ސާފުކޮށް މޮޕްލާ ޑެސްކާއި ގޮނޑިތައް ހަމަކޮށް ތަރުތީބުކުރުން. އަދި ޙަވާލު ކުރެވިފައިވާ ޢިމާރާތްތަކުގެ ދޮރުފަތްތައް ކޮންމެ ދުވަހަކު ހުޅުވައި ލެއްޕުން.

2- ސާފުބޯފެން ނެގޭނެ އިންތިޒާމު ހަމަޖައްސައި، ކޮންމެ ވިއްސާރަ މޫސުމެއްގައި ތާނގީތައް ރަނގަޅަށް ސާފުކޮށް ފެންއެޅޭނެ އިންތިޒާމު ހަމަޖެއްސުން.

3- ސްކޫލުގެ ގޯތިތެރޭގައިހުރި ރުއްރުކާއި، ގަސްގަހާއި، އެނޫންތަކެތި ކޮންމެ މަހަކު އެއްފަހަރު ސާފުކޮށް ބެލެހެއްޓުން.

4- އަންހެންކުދިންގެ ފާޚާނާތައް ކޮންމެ ދުވަހަކު ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.

5- ރަސްމީ ގަޑީގައި ދަރިވަރުން ސްކޫލުގެ ތެރޭގައި އުޅޭއިރު އުޅޭނޫޅޭގޮތް ބެލުން.

6- ސްކޫލް ފެހި ކުރުމަށް ސްކޫލް މެނޭޖްމަންޓާ ގުޅިގެން ގަސް އިންދާ ކޮންމެ ދުވަހަކު ގަސްތަކަށް ރަނގަޅަށް ފެންދިނުން.

7- ސްކޫލުގެ ގޯތިތެރެ ހިރަފުހުން ސަލާމަތް ކުރުމަށްޓަކައި ކޮންމެ ދުވަހެއްގެ އެސެމްބްލީ ފެށުމުގެ ކުރިން ގޯތިތެރެއަށް ފެންޖެހުން.

8- ކޮންމެ ހަފްތާއަކު 2 ދުވަހު ސްޓާފްރޫމުގައި ބޭނުންކުރާ އެންމެހާ މެޝިނަރީތަކާއި، ދޮރާއި ދޮރުފަތްތައް ހިރަފުސްފޮޅައި ސާފުކުރުން.

9- ކޮންމެ މަހަކު 2 ފަހަރު ގުރޭޑް 1، 5 އަދި 6 ގެ ކުލާހުގެ ފަންކާތައް ސާފުކުރުމާއި، ކޮންމެ ހަފްތާއަކު 2 ދުވަހު ޙަވާލު ކުރެވިފައިވާ ކުލާސްތަކުގެ ދޮރާއި ދޮރުފަތްތައް ސާފުކުރުން.

10- ސްކޫލްގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތުތަކާއި، ބައްދަލުވުންތަކަށް ތަން ތައްޔާރުކުރުން.

11- ސްކޫލުގެ ފަރުނީޗަރުތައް އަބަދުވެސް ތަރުތީބުން އަތުރާފައި ބެހެއްޓުން.

12- ދަރިވަރުން ބޭނުންކުރާ ގޮނޑިއާއި ޑެސްކުތައް ހިރަފުސްފޮޅައި ކުލާސްރޫމްތައް ތަރުތީބުން އެތުރުން.

13- ސްކޫލަށް އަންނަ މެހުމާނުންނަށް މެހުމާންދާރީ އަދާކުރުން.

14- ސްކޫލަށް އަންނަ މެހުމާނުންގެ ފޮށިތަންމަތިތައް ގެންގޮސް ގެނެސްދިނުމާއި، ބޯޓުފަހަރުން ސްކޫލަށް ގެންނަ ތަކެތި ސްކޫލަށް ގެނައުމާއި، ބޯޓުތަކަށް ގެންދިއުން.

15- ސްކޫލްގައި ބޭއްވޭ ޙަރާކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

ޝަރުޠު:

- ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށް ދިނުން.

އުޖޫރަޔާއި އިނާޔަތްތައް:

ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އިނާޔަތްތައް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.

އިންޓަރވިއު އަދި އިމްތިޙާން ކުރުމާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚު:

- އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ 06 ސެޕްޓެންބަރު 2015 ވާ (އާދީއްތަ) ދުވަހު މަދުރަސަތުއްސުލްޠާން މުޙައްމަދު/ ގއ. ދެއްވަދޫގައެވެ. އިންޓަރވިއު އަށް ހޮވޭ ފަރާތްތަކަށް އިންޓަރވިއު ބޭއްވުމުގެ 48 ގަޑިއިރުގެ ކުރިން އެކަން އެންގޭނެއެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާ އެކުގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު. (މި ފޯމު މި މަދުރަސާއިން ލިބިވަޑައިގަންނަވާނެއެވެ.)

2- ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއެކު).

5- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ސާފު ކޮޕީއެއް.

ސުންގަޑި: މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 27 އޮގަސްޓު 2015 ވާ (ބުރާސްފަތި) ދުވަހުގެ 14:00ގެ ކުރިން މަތީގައި ބަޔާން ކުރެވިފައިވާ ތަކެތި މިމަދުރަސާއަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7983076 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ އެންމެހާ ލިޔުންތައް ހުށަހަޅަންވާނީ މިމަދުރަސާގެ އިދާރާއަށެވެ. މި މަދުރަސާގެ ފެކްސްއަށާއި މެއިލަށް ފޮނުވާ ލިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

02 ޛުލްޤަޢިދާ 1436

17 އޮގަސްޓް 2015
ހޯދާ