އޮޅުވެލިފުށި ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެޑްމިން)

މަޤާމު:              އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެޑްމިން)

ބޭނުންވާ އަދަދު:         01

މަސައްކަތްކުރަންޖެހޭ އޮފީސް:  އޮޅުވެލިފުށި ސްކޫލް

ރަށް:               ޅ. އޮޅުވެލިފުށި

މަޤާމުގެ ބާވަތް:         ދާއިމީ

ސެކްޝަން:            އެޑްމިން

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

GS4

އޮފިސަރ ގްރޭޑް 1

އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

ސާނަވީ އިމްތިހާނުތަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

-/5020

-/1500

ވަޒީފާގައި މައިގަނޑުގޮތެއްގައި ކުރައްވަންޖެހޭ މަސައްކަތްތައް:

  • މުވައްޒަފުންގެ ވަޒީފާ ބަޔާނާއި، ވަޒީފާގެ އެއްބަސްވުން ތައްޔާރުކޮށް ބެލެހެއްޓުން.
  • ހުރިހާ މުވައްޒަފުންގެ ހާޒިރީއާއި ހާޒިރީރިޕޯޓްތައް ބެލެހެއްޓުން.
  • ސީނިއާ މެނޭޖްމަންޓްގެ އޯވަރޓައިމް ބެލެހެއްޓުން.
  • ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި ހަމަޖެއްސުމުގެ އެންމެހާ ކަންތައްތައް ކުރުން.
  • އެކި ބޭނުންތަކަށް އިދާރާގެ ފަރާތުން ލިޔަންޖެހާ ލިޔެކިޔުމުގެ މަސައްކަތްތައް ކުރުން.
  • ތަކެތި ހޯދުމަށްފަހު ލިޔެކިޔުންތައް ފަރުވާތެރިކަމާއެކު ފައިލްކުރުން.
  • މަސައްކަތްތަކާ ބެހޭގޮތުން ފޮނުވަންޖެހޭ އެންމެހާ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާ ބަލަހައްޓަންޖެހޭ އެންމެހާ ރެކޯޑްތައް ބެލެހެއްޓުން.
  • އެހެން މުވައްޒަފަކަށް ދިމާވާ ކަމަކާ ގުޅިގެން އެ މުވައްޒަފެއްގެ މަސައްކަތްތައް ވަގުތީގޮތުން ޙަވާލުކުރެވިއްޖެނަމަ އެ މަސައްކަތްތަކެއް ކުރުން.
  • މީގެ އިތުރުން ޔުނިޓްގައި ހިމެނޭ އެހެން މަސައްކަތްތަކާއި ސުކޫލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ސުކޫލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  • ޚާއްޞަ ވާޖިބުތަކުގެ އިތުރުން މުޅި ސުކޫލަށް ދިމާވާ ކުއްލި އިމަރޖެންސީ ކަންކަމާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން.
  • ދުވަހުގެ ޔައުމިއްޔާއާއި މެނޭޖްމެންޓް ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  • ޕީ.ޓީ.އޭ އާއި ސްކޫލް ބޯޑުގެ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުން.

އެހެނިހެން:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

އިންޓަރވިއުކުރުން:

  • މިމަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 13 ސެޕްޓެންބަރު 2015 އާއި 15 ސެޕްޓެންބަރު 2015 އާ ދެމެދު އޮންނާނެއެވެ. އަދި މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސްމެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު، (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ.)
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކުރެވިފައިވާ ކޮޕީ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީއެއް.
  • ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގައިއޮތް މަސްއޫލިއްޔަތާއި މުއްދަތު އެނގޭ ލިޔުންތައް.
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ އޮޅުވެލިފުށި ސްކޫލް އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 03 ސެޕްޓެންބަރު 2015 ވާ ބުދަދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިންނެވެ.

ނޯޓު:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަނާއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަސްލު އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ގެންނަވަންވާނެއެވެ. މިލިޔުންތައް އެޕްލިކޭޝަނާއެކު ހުށަހެޅުއްވި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު އަނބުރާ ޙަވާލުކުރެވޭނެއެވެ.
  • މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެމަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ސްކޫލުގެ ނަންބަރު: 6620832 އާ ގުޅުއްވުން އެދެމެވެ.
24 އޮގަސްޓް 2015
ހޯދާ