މަންދޫ ސްކޫލް، އދ. މަންދޫ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު: 

މަޤާމު: މަސައްކަތު

މަސައްކަތް ހަމަޖެހިފައިވާ ތަން: އދ. މަންދޫ ސްކޫލް

ބޭނުންވާ އަދަދު: 1 (އެކެއް)                      

ރަށް: އދ. މަންދޫ

މަޤާމުގެ ގިންތި: ދާއިމީ

ރޭންކު

ކުލެސިފިކޭޝަން

ޝަރުތު

މުސާރަ

ސަރވިސް އެލެވެންސް

SS.1

ސަޕޯޓް ސްޓާފް ގްރޭޑް 1

ލިޔަންކިޔަން ދަތުމާއެކު، މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

-/3،100 ރުފިޔާ

-/1،000 ރުފިޔާ

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ސުކޫލުގެ ހޯލާއި އިމާރާތްތައް ފޮޅައި ސާފުކުރުމާއި، ދަރިވަރުންގެ ފާޚާނާއާއި، މުވައްޒަފުންގެ ފާޚާނާ ސާފުކޮށް ބެލެހެއްޓުން.
  2. ބޯފެން ތާނގީއާއި، ސުކޫލުގެ ފުރާޅާއި، ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން.  
  3. މުހިންމު ބައްދަލުވުންތަކާއި، ޖަލްސާތަކަށް ތަން ތައްޔާރުކުރުމައި، އަންގަންޖެހޭ އެންގުންތައް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  4. ސްކޫލުގެ ގޯތިތެރެ ސާފުކޮށް ބެލެހެއްޓުން.

އިތުރުގަޑީގެ ފައިސާ:   

އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އިންޓަވިއު ކުރުން:

  1. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، އދ. މަންދޫ ސްކޫލުގައެވެ.
  2. މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2015 ސެޕްޓެންބަރު 1 ވާ އަންގާރަ ދުވަހުގެ 13:00 ގައި އދ. މަންދޫ ސްކޫލުގައެވެ.
  3. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

  1. ތަޢުލީމީ ފެންވަރަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ސުންގަޑި:

ޝަރުޠު ހަމަވާ މީހުން 2015 އޮގަސްޓު 30 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ތިރީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު،  އދ. މަންދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)
  3. ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ސެޓްފިކެޓްތަކާއި އެހެނިހެން ލިޔެކިޔުންތައް (އެކްރެޑިޓް ކޮށްފައިވާ)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ/އަދާކުރި ފަރާތެއްނަމަ، އެ އޮފީހެއްގައި މަސައްކަތްކުރާކަން/ކުރިކަން އަންގައިދޭ ލިޔުމުގެ ކޮޕީ.
  6. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 7949320 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

މެއިލް އެޑްރެސް: [email protected] / [email protected]

 2 ޛުލްޤަޢިދާ 1436

17 އޮގަސްޓް 2015
ހޯދާ