ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

 01 (އެކެއް)

ހަމަޖައްސާ ސެކްޝަން: އެޑްމިނިސްޓްރޭޓިވް ސެކްޝަންް

ރޭންކް

އެމް. އެސް 1

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1

މުސާރަ

5610.00 ރުފިޔާ

ސާރވިސް އެލަވަންސް: 2000.0 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް: މުސާރައިގެ %35

މަޤާމުގެ ޝަރުޠު

  • އެޑްމިނިސްޓްރޭޝަން/ފައިނޭންސް/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ފައިނޭންސް/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން/ފައިނޭންސް/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން/ފައިނޭންސް/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބު:

  • އޮތޯރިޓީގެ އެޑްމިނިސްޓްރޭޝަން ސެކްޝަނުން ޖަވާބު ދޭންޖެހޭ ލިޔުންތަކަށް މުއްދަތު ހަމަވުމުގެ ކުރިން ޖަވާބު ދޭތޯ ޗެކުކުރުން.
  • އޮތޯރިޓީގެ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އޮތޯރިޓީގެ ވެރިންގެ އިރުޝާދުގެ ދަށުން ބަޖެޓް ތައްޔާރުކުރުމަށްފަހު ކަޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • އޮތޯރިޓީގެ އަހަރީ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އޮތޯރިޓީގެ ވެރިންގެ އިރުޝާދުގެ ދަށުން ރިޕޯޓު ތައްޔާރުކުރުމަށްފަހު ކަޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • އޮތޯރިޓީގެ މުވައްޒަފުންގެ މުސާރައާއި އުޖޫރައާއި ޢިނާޔަތްތައް ކަނޑައެޅިފައިވާ ދުވަހަށް ދިނުމުގެ މަސައްކަތްކުރުން.
  • ބަޖެޓް އައިޓަމްތަކުގެ ބާކީ ހުރިނެތްގޮތް ބަލައި ބަޖެޓް ރިވިއުކޮށް، އަދި ބަޖެޓް ކޯޑްތައް އެޖެސްޓްކުރަންޖެހޭ ހާލަތްތަކުގައި ވެރިންގެ މަޝްވަރާއާ އެކު އެމަސައްކަތްކުރުން.
  • އޮތޯރިޓީގެ ފައިސާއާ ބެހޭ ކަންކަން ވެރިންގެ އިރުޝާދުގެ ދަށުން ހިންގާ ބެލެހެއްޓުން.
  • އޮތޯރިޓީގެ އެޑްމިނިސްޓްރޭޝަން ސެކްޝަނުން ފޮނުވަންޖެހޭ އެންމެހައި ރިޕޯޓުތައް ތައްޔާރުކޮށް ހިއްސާ ކުރަންޖެހޭ ފަރާތްތަކާއި ހިއްސާކުރުން.
  • މިނޫނަސް އޮތޯރިޓީ ހިންގުމާއި ހަވާލުވެހުރި އެންމެ އިސް ވެރިއަކު ނުވަތަ އެޑްމިނިސްޓްރޭޝަން ޔުނިޓުގެ ހިންގުމާއި ހަވާލުވެހުރި ވެރިއަކު ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތީން ކުރަން އަންގަވާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ އައި.ޑީ ކާޑު ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑުޖަހާފައިވާ) އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން އަދި ގަޑި: މި މަޤާމަށް ހޮވޭ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ލޭބަރ ރިލޭޝަންސް އޮތޯރިޓީގައެވެ. މަސައްކަތު ގަޑިއަކީ 08:00 ން 15:00 އަށެވެ.

މިމަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އަދި ތަޖުރިބާއިން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތަކާއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • ތަޢުލީމާއި ތަމްރީން (ކަނޑައެޅިފައިވާ އިންސައްތަ: %49)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
  • އިންޓަވިއު (ކަނޑައެޅިފައިވާ އިންސައްތަ: %43)

މަޤާމު

އެސިސްޓަންޓް ލޭބަރ ރިލޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު

 01 (އެކެއް)

 ހަމަޖައްސާ ސެކްޝަން: ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އެވެއާރނަސް އެންޑް ރިޕޯރޓިންގ ސެކްޝަން

ރޭންކް

ޖީ.އެސް 4

 ކްލެސިފިކޭޝަން: އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ

5020.00 ރުފިޔާ

 ސާރވިސް އެލަވަންސް: 1500.0 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް: މުސާރައިގެ %35

މަޤާމުގެ ޝަރުޠު

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން  ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބު:

  • ސަރުކާރުގެ އެކިއެކި އިދާރާތަކާއި އަދި މިނޫންވެސް އެކި ފަރާތްތަކަށް އޮތޯރިޓީގެ ފަރާތުން ތައްޔާރުކޮށް ފޮނުވަންޖެހޭ ރިޕޯޓުތައް ލިޔެ، ކޮންޕައިލްކޮށް ތައްޔާރުކޮށް ފޮނުވުން.
  • ލީފްލެޓް/ޕޯސްޓަރ/ބުކްލެޓްގެ ޒަރީޢާއިން މީޑިއާ މެދުވެރިކޮށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި އަދި ވަޒީފާއާ ބެހޭ ޤާނޫނާއި އަދި އެޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކަށް އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތެއް ރާވާ އިންތިޒާމު ކުރުމުގައި އެހީތެރިވެދިނުން.
  • އެވެއަރނަސް ސެމިނާރތަކުގެ ޝެޑިއުލްތައް ތައްޔާރުކޮށް އެއާ އެއްގޮތަށް ސެމިނަރތައް އިންތިޒާމްކޮށް ރާވައި ހިންގުމުގައި އެހީތެރިވެދިނުން.
  • ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މުވައްޒަފުން ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • މީޑިއޭޓަރުންނަށް އަމާޒުކޮށް ބާއްވާ ތަމްރީން ޕްރޮގްރާމްތައް ރާވާ އިންތިޒާމު ކުރުން.
  • ލޭބަރ ރިލޭޝަންސް އޮތޯރިޓީން ތައްޔާރުކުރަންޖެހޭ މުވައްޒަފުންގެ ވަޒީފާ ބަޔާން، އަހަރީ ރިޕޯޓު ފަދަ ރިޕޯޓުތައް ތައްޔާރު ކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތު އެއްކޮށް، ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކާ ގުޅިގެން އެހެނިހެން މުއައްސަސާތަކުން އެދޭ މަޢުލޫމާތު ފޯރުކޮށްދިނުން.
  • ލޭބަރ ރިލޭޝަންސް އޮތޯރިޓީގައި ތައްޔާރުކުރަން ޖެހޭ އެންމެހައި ތަފާސްހިސާބުތަކެއް ތައްޔާރު ކުރުމުގެ ގޮތުން އެއްކުރަންޖެހޭ މައުލޫމާތުތަކެއް އެއްކުރުމާއެކު، ތައްޔާރު ކުރަންޖެހޭ އެންމެހައި ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޮނުވުން.
  • ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހެޅޭ އަދި ނިމޭ މައްސަލަތަކުގެ ރިކޯޑުތައް ބެލެހެއްޓޭނެ ގޮތްތައް ރާވައި އެކަންކަން ހިންގުމުގައި އެހީތެރިވެދިނުން.
  • މިނޫނަސް އޮތޯރިޓީ ހިންގުމާއި ހަވާލުވެހުރި އެންމެ އިސް ވެރިއަކު ނުވަތަ އެވެއާރނަސް ރިޕޯޓިންގ ޔުނިޓުގެ ހިންގުމާއި ހަވާލުވެހުރި ވެރިއަކު ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތީން ކުރަން އަންގަވާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑުޖަހާފައިވާ) އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން އަދި ގަޑި:މި މަޤާމަށް ހޮވޭ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ލޭބަރ ރިލޭޝަންސް އޮތޯރިޓީގައެވެ. މަސައްކަތު ގަޑިއަކީ 08:00 ން 15:00 އަށެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • ތަޢުލީމާއި ތަމްރީން (ކަނޑައެޅިފައިވާ އިންސައްތަ: %49)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
  • އިންޓަވިއު (ކަނޑައެޅިފައިވާ އިންސައްތަ: %43)

މަޤާމު

އެސިސްޓަންޓް ލޭބަރ ރިލޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު

 01 (އެކެއް)

ހަމަޖައްސާ ސެކްޝަން: ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އެވެއާރނަސް އެންޑް ރިޕޯޓިން ސެކްޝަން

ރޭންކް

ޖީ.އެސް 3

ކްލެސިފިކޭޝަން: އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ

4465.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.0 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް: މުސާރައިގެ %35

މަޤާމުގެ ޝަރުޠު

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބު:

  • ސަރުކާރުގެ އެކިއެކި އިދާރާތަކާއި އަދި މިނޫންވެސް އެކިފަރާތްތަކަށް އޮތޯރިޓީގެ ފަރާތުން ތައްޔާރުކޮށް ފޮނުވަންޖެހޭ ރިޕޯޓްތައް ލިޔެ، ކޮންޕައިލްކޮށް ތައްޔާރުކޮށް ފޮނުވުން.
  • ލީފްލެޓް/ޕޯސްޓަރ/ބުކްލެޓްގެ ޒަރީޢާއިން މީޑިއާ މެދުވެރިކޮށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި އަދި ވަޒީފާއާ ބެހޭ ޤާނޫނާއި އަދި އެޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކަށް އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތެއް ރާވައި އިންތިޒާމު ކުރުމުގައި އެހީތެރިވެދިނުން.
  • އެވެއަރނަސް ސެމިނާރތަކުގެ ޝެޑިއުލްތައް ތައްޔާރުކޮށް އެއާ އެއްގޮތައް ސެމިނަރތައް އިންތިޒާމުކޮށް ރާވައި ހިންގުމުގައި އެހީތެރިވެދިނުން.
  • ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މުވައްޒަފުން ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • މީޑިއޭޓަރުންނަށް އަމާޒުކޮށް ތަމްރީން ޕްރޮގްރާމްތައް ބޭއްވުމަށް އިންތިޒާމުކޮށް ރާވައި ހިންގުމުގައި އެހީތެރިވެދިނުން.
  • ލޭބަރ ރިލޭޝަން އޮތީރިޓީގެ މިޑީޔާއާ ބެހޭ އެންމެހައި ކަންތައްތައް ކުރުމުގައި އެހީތެރިވެދިނުން.
  • އޮތޯރިޓީގެ މަސައްކަތްތަކާ ގުޅިގެން އެހެންނިހެން މުއައްސަސާތަކުން އެދޭ މައުލޫމާތު ފޯރުކޮށްދިނުން.
  • ލޭބަރ ރިލޭޝަންސް އޮތޯރިޓީގައި ތައްޔާރުކުރަން ޖެހޭ އެންމެހައި ތަފާސްހިސާބުތަކެއް ތައްޔާރު ކުރުމުގެ ގޮތުން އެއްކުރަންޖެހޭ މައުލޫމާތުތަކެއް އެއްކުރުމާއި އެކު، ތައްޔާރު ކުރަންޖެހޭ އެންމެހައި ރިޕޯޓު ތަކެއް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޮނުވުން.
  • ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހެޅޭ އަދި ނިމޭ މައްސަލަތަކުގެ ރިކޯޑުތައް ބެލެހެއްޓޭނެ ގޮތްތައް ރާވައި އެކަންކަން ހިންގުމުގައި އެހީތެރިވެދިނުން.
  • މިނޫނަސް އޮތޯރިޓީ ހިންގުމާއި ހަވާލުވެހުރި އެންމެ އިސް ވެރިއަކު ނުވަތަ އެޑްމިނިސްޓްރޭޝަން ޔުނިޓުގެ ހިންގުމާއި ހަވާލުވެހުރި ވެރިއަކު ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތީން ކުރަން އަންގަވާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • § ވަޒީފާއަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑުޖަހާފައިވާ) އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން އަދި ގަޑި:މި މަޤާމަށް ހޮވޭ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ލޭބަރ ރިލޭޝަންސް އޮތޯރިޓީގައެވެ. މަސައްކަތު ގަޑިއަކީ 08:00 ން 15:00 އަށެވެ.

މިމަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠުހަމަވާ، ތަޢުލީމީ ފެންވަރު އަދި ތަޖުރިބާއިން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތަކާއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • ތަޢުލީމާއި ތަމްރީން (ކަނޑައެޅިފައިވާ އިންސައްތަ: %49)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
  • އިންޓަވިއު (ކަނޑައެޅިފައިވާ އިންސައްތަ: %43)

މަޤާމު

އެސިސްޓަންޓް އިންވެސްޓިގޭޝަން އޮފިސަރ

ބޭނުންވާ އަދަދު

 01 (އެކެއް)

ހަމަޖައްސާ ސެކްޝަން: ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އިންވެސްޓިގޭޝަން ސެކްޝަން

ރޭންކް

ޖީ.އެސް 3

ކްލެސިފިކޭޝަން: އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ

4465.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.0 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް: މުސާރައިގެ %35

މަޤާމުގެ ޝަރުޠު

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބު:

  • ވަޒީފާއާ ބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކަށް ވަޒީފާދޭ ފަރާތްތަކުންނާއި ވަޒީފާ އަދާކުރާ ފަރާތްތަކުން ޢަމަލުކުރޭތޯ ބަލައި ޗެކްކުރުން.
  • ދިވެހިރާއްޖޭގައި ވަޒީފާއާ ބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ޚިލާފުވާ ފަރާތްތަކާ ދެކޮޅަށް ހުށަހެޅޭ މައްސަލަތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • މައްސަލަތަކާއި ގުޅިގެން ބައްދަލު ކުރާ ފަރާތްތަކާ ކުރެވޭ މުޢާމަލާތުތަކުގެ ޔައުމިއްޔާ ބެލެހެއްޓުން.
  • ސަރުކާރުގެ އެކިއެކި އިދާރާތަކުން ހުށަހަޅާ ވަޒީފާގެ ކަންކަމާ ގުޅުންހުރި މައްސަލަތައް ބަލައި ފިޔަވަޅުއެޅުން.
  • މައްސަލަތައް ބަލަމުންދާއިރު، އެމައްސަލައަކާއި ގުޅިގެން އިންސްޕެކްޝަނެއް ކުރަންޖެހޭކަން ފާހަގަ ކުރެވިއްޖެނަމަ، އެކަމެއް ވެރިންގެ ސަމާލުކަމަށް ގެނައުން.
  • މައްސަލަތަކާ ގުޅިގެން ގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުން.
  • ސްޓްރައިކް ސިޓުއޭޝަންތަކުގައި މީޑިއޭޓް ކުރުމާއި އެފަދަ ހާލަތްތަކުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އިންސްޕެކްޝަން އުސޫލުގައިވާ ގޮތުގެ މަތިން ކުރުން.
  • އިންވެސްޓިގޭޝަންތަކާ ގުޅިގެން އެވަގުތަކަށް ކުރަންޖެހޭ އިންސްޕެކްޝަންތައް އިންތިޒާމުކޮށް ހިނގައި، އިންސްޕެކްޝަން ނިމުމުން އެއިންސްޕެކްޝަނާ ގުޅޭ ރިޕޯޓުތައް ލިޔެ ނިންމުން.
  • އިންސްޕެކްޝަން ރިޕޯޓުގައި އިސްލާޙު ކުރަން ފާހަގަ ކުރެވިފައިވާ ކަންތައްތައް އިޞްލާޙު ކުރުމަށްޓަކައި ވަޒީފާދޭ ފަރާތަށް ލިޔުމަކުން ފޮނުވުން.
  • އިންސްޕެކްޝަންތަކާއި އިންވެސްޓިގޭޝަންތައް ނިމުމުން އިދާރީ ގޮތުން މައްސަލައާ ގުޅޭ އެންމެހައި ލިޔުންތަކާއި، ރިޕޯޓުތައް ފައިލްކޮށް ބެލެހެއްޓުން.
  • އިންވެސްޓިގޭޝަން ޔުނިޓަށް ހުށަހެޅޭ މައްސަލަތައް ބަލަމުންދާ މިންވަރު މޮނިޓަރ ކުރުން.
  • މައްސަލަތައް ބެލުމުގައި ދިމާވާ ހުރަސްތަކަށް ހައްލެއް ހޯދުމުގެ ގޮތުން ވެރިންނާއި މަޝްވަރާކުރުން.
  • ލޭބަރ ރިލޭޝަން އޮތޯރިޓީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން، ސީދާ އޮތޯރިޓީން ޝަރީޢަތަށް މައްސަލައެއް ހުށަހަޅަންޖެހޭނަމަ، އެ މައްސަލައެއް ޝަރީޢަތަށް ފޮނުވުމަށް ތައްޔާރުކުރަންޖެހޭ ބަޔާންތަކާއި، ލިޔުންތައް ތައްޔާރުކުރުން.
  • ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން އިޞްލާޙުކުރުމަށް އެންގިފައިވާ ކަންތައްތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިޞްލާޙު ނުކޮށްފިނަމަ، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅިފައިވާ އުސޫލެއްގެ މަތީން އެޅުއްވުމަށްފަހު، އެކަން ވެރިންގެ ސަމާލުކަމަށް ގެންނެވުން.
  • މި ނޫނަސް އޮތޯރިޓީ ހިންގުމާއި ހަވާލުވެހުރި އެންމެ އިސް ވެރިއަކު ނުވަތަ އިންވެސްޓިގޭޝަން ޔުނިޓުގެ ހިންގުމާއި ހަވާލުވެހުރި ވެރިއަކު ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތީން ކުރަން އަންގަވާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑުޖަހާފައިވާ) އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން އަދި ގަޑި:މި މަޤާމަށް ހޮވޭ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ލޭބަރ ރިލޭޝަންސް އޮތޯރިޓީގައެވެ. މަސައްކަތު ގަޑިއަކީ 08:00 ން 15:00 އަށެވެ.

މިމަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠުހަމަވާ، ތަޢުލީމީ ފެންވަރު އަދި ތަޖުރިބާއިން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތަކާއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • ތަޢުލީމާއި ތަމްރީން (ކަނޑައެޅިފައިވާ އިންސައްތަ: %49)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
  • އިންޓަވިއު (ކަނޑައެޅިފައިވާ އިންސައްތަ: %43)

މަޤާމު

 އެސިސްޓަންޓް އިންސްޕެކްޝަން އޮފިސަރ

ބޭނުންވާ އަދަދު

03 (ތިނެއް)

ހަމަޖައްސާ ސެކްޝަން: ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އިންސްޕެކްޝަން ސެކްޝަން

ރޭންކް

ޖީ.އެސް 3

ކްލެސިފިކޭޝަން: އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ

4465.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.0 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް: މުސާރައިގެ %35

މަޤާމުގެ ޝަރުޠު

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • ވަޒީފާއާ ބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކަށް ވަޒީފާދޭ ފަރާތްތަކުންނާއި، ވަޒީފާ އަދާކުރާ ފަރާތްތަކުން ޢަމަލު ކުރަމުންގެންދޭތޯ ބަލައި ޗެކްކުރުން.
  • ލޭބަރ ރިލޭޝަން އޮތޯރިޓީން ކުރެވޭ ލޭބަރ އިންސްޕެކްޝަންތަކުގެ ރިޕޯޓ ތައްޔާރުކުރުމާއި، އިންސްޕެކްޝަންތަކާ ގުޅިގެން އިޞްލާޙު ކުރުމަށް އަންގަންޖެހޭ ކަންކަން އެފަރާތްތަކަށް ލިޔުމުން އެންގުން.
  • އިޞްލާޙު ކުރުމަށް އެންގިފައިވާ ކަންތައްތައް ދެވިފައިވާ މުއްދަތުގެ ތެރޭގައި އިޞްލާޙު ނުކޮށްފިނަމަ ފިޔަވަޅުއެޅުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތެއް ކުރުން
  • އިންސްޕެކްޝަންތައް ނިމުމުން އެ އިންސްޕެކްޝަންތަކާ ގުޅޭ އެންމެހައި ލިޔުންތަކާއި، ރިޕޯޓުތައް ފައިލްކޮށް ބެލެހެއްޓުން.
  • ކުއްލި ހާލަތްތަކުގައި ކުރަންޖެހޭ އިންސްޕެކްޝަންތައް ރާވާ ހިންގުން.
  • އިންސްޕެކްޝަންތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތަކެއް ތައްޔާރުކުރުން.
  • އިންސްޕެކްޝަން ޔުނިޓުގެ އެންމެހައި އިސްންޕެކްޝަންތަކަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރުމަށް އެހީތެރިވެދިނުން.
  • އިންސްޕެކްޝަން ޔުނިޓުގައި ކުރާ އިންސްޕެކްޝަންތަކުގެ ރިކޯޑު އަޕްޑޭޓް ކުރުމުގައި އެހީތެރިވެދިނުން.
  • އިންސްޕެކްޓް ކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުން
  • ކޮންމެ މަހެއް/އަހަރު ގެ އިންސްޕެކްޝަން ތާވާލް ތައްޔާރުކޮށް އެކުލަވާލުމުގައި އެހީތެރިވެ ދިނުން.
  • އިންސްޕެކްޝަން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ ގޮތުން ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުމުގައި އެހީތެރިވެ ދިނުން
  • އިންސްޕެކްޝަނާ ގުޅިގެން ފިޔަވަޅުއަޅަން ޖެހޭ ފަރާތްތައް ފާހަގަކޮށް، ކަމާ ބެހޭފަރާތްތަކަށް އެންގުން.
  • މިނޫނަސް އޮތޯރިޓީ ހިންގުމާ ހަވާލުވެހުރި އެންމެ އިސް ވެރިއަކު ނުވަތަ އިންސްޕެކްޝަން ޔުނިޓުގެ ހިންގުމާ ހަވާލުވެހުރި ވެރިއަކު ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތީން ކުރަން އަންގަވާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)
  • ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑުޖަހާފައިވާ) އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން އަދި ގަޑި:މި މަޤާމަށް ހޮވޭ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ލޭބަރ ރިލޭޝަންސް އޮތޯރިޓީގައެވެ. މަސައްކަތު ގަޑިއަކީ 08:00 ން 15:00 އަށެވެ.

މި މަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠުހަމަވާ، ތަޢުލީމީ ފެންވަރު އަދި ތަޖުރިބާއިން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތަކާއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • ތަޢުލީމާއި ތަމްރީން (ކަނޑައެޅިފައިވާ އިންސައްތަ: %49)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
  • އިންޓަވިއު (ކަނޑައެޅިފައިވާ އިންސައްތަ: %43)

ސުންގަޑި: 31 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް.

ނޯޓް:

  • "ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ"ގެ މަޤާމަށް މީހެއް ހޮވުމުގައި ބަޖެޓް އަދި ފައިނޭންސް ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ހުރިފަރާތްތަކަށް އިސްކަން ދެވޭނެ ވާހަކަ ދަންނަވަމެވެ.
  • "އެސިސްޓަންޓް އިންސްޕެކްޝަން އޮފިސަރ"ގެ މަޤާމަށް މީހެއް ހޮވުމުގައި އިންސްޕެކްޝަން ދާއިރާގައި މަސައްކަތްކޮށް ވަޒީފާއާ ބެހޭ ޤާނޫނަށް އަހުލުވެރިވެފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.
  • "އެސިސްޓަންޓް ލޭބަރ ރިލޭޝަންސް އޮފިސަރ"ގެ މަޤާމަށް މީހެއް ހޮވުމުގައި މަޤާމާ ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށް ވަޒީފާއާ ބެހޭ ޤާނޫނަށް އަހުލުވެރިވެފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.
  • "އެސިސްޓަންޓް އިންވެސްޓިގޭޝަން އޮފިސަރ"ގެ މަޤާމަށް މީހެއް ހޮވުމުގައި އިންވެސްޓިގޭޝަން ދާއިރާގައި މަސައްކަތްކޮށް ވަޒީފާއާ ބެހޭ ޤާނޫނަށް އަހުލުވެރިވެފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • މި މަޤާމުތަކަށް ހަމަޖައްސާ މުވައްޒަފުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ލޭބަރ ރިލޭޝަންސް އޮތޯރިޓީގައެވެ.
  • މި މަޤާމުތަކުގެ އިންޓަވިއު ބޭއްވޭނީ ލޭބަރ ރިލޭޝަންސް އޮތޯރިޓީގައެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3306112، 3306105 އަށް.
  • ވެބްސައިޓް އެޑްރެސް www.lra.gov.mv 
18 އޮގަސްޓް 2015
ހޯދާ