ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެއަރކޮންޑިޝަނަރތަކެއް ގަންނަން

އަންދާސީހިސާބު ބޭނުންވެއްޖެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް އެއަރކޮންޑިޝަނަރތަކެއް ގަންނަން ބޭނުންވެއްޖެއެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 އޮގަސްޓު 2015 ވާ (ބުރާސްފަތި) ދުވަހުގެ 9:30 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 އޮގަސްޓު 2015 ވާ (ބުރާސްފަތި) ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3321295 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

27 ޝައްވާލް 1436                 

12 އޮގަސްޓް 2015
ހޯދާ