މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީން ދޭ މަޢުލޫމާތާއި ޓެކްނިކަލް ސްޕެސިފިކޭޝަނާ އެއްގޮތަށް ތިރީގައި މި ދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިނިސްޓްރީގެ ނަންބަރު IUL) 23-AP/1/2015/168)ފ(21 ޖުލައި 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގެންފައިނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު މިނިސްޓްރީން ދޭ މަޢުލޫމާތާއި ޓެކްނިކަލް ސްޕެސިފިކޭޝަނާ އެއްގޮތަށް ތިރީގައި މި ދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

- 200KvA ގެ 1 ޖެނެރޭޓަރ

-  1 ސިންކްރޮނައިޒޭޝަން ޕެނަލް ބޯޑް

ވީމާ މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތް ތަކުން 23 އޯގަސްޓް 2015 ވާ އާދީއްތަ ދުވަހުގެ 13:00އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 13:00އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

28 ޝައްވާލް 1436

13 އޮގަސްޓް 2015
ހޯދާ