މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ވޯޓަރ ރިސޯސް މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމާބެހޭ

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

އއ. ތޮއްޑޫގައި ހިންގޭ އިންޓަރ ގްރޭޓަޑް ވޯޓަރ ރިސޯސް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ވޯޓަރ ރިސޯސް މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމާބެހޭ

ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީ (ޖެފް) އާއި ދިވެހި ސަރުކާރާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން އއ. ތޮއްޑޫގައި ހިންގޭ އިންޓަރ ގްރޭޓަޑް ވޯޓަރ ރިސޯސް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ވޯޓަރ ރިސޯސް މެނޭޖްމަންޓް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް 06 އޯގަސްޓް 2015 ވަނަ ދުވަހު ކޮށްފައިވާ ނަންބަރު IUL)438-PDU/438/2015/206) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވުމުން އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުންވެއްޖެނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މިމަސައްކަތްތައް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 23 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށ ފަހު 25 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު ސިޓީއުރައިގެ ބޭރުގައި؛ " Developing Water Resource Management plan in AA. Thoddoo " ޖެއްސެވުމަށްފަހު، ސިޓީއުރައިގެ މަތީގައި "ސިއްރު" ޖައްސަވައި ތިރީގައިވާގޮތަށް އެޑްރެސްކޮށް ފޮނުއްވައިދެއްވުން އެދި ދެންނެވީމެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާފަންނު، ހަނދުވަރީ ހިނގުން،

މާލެ، ދިވެހިރާއްޖެ

17 އޮގަސްޓް 2015
ހޯދާ