އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ހުސްނުވާ އާސަންދައިގެ ދަށުން ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި މި ކުންފުނީގެ ސޮފްޓްވެއަރ އިންޖިނިއަރިންގ ޓީމުގައި ބައިވެރިވެގެން ދިވެހިރާއްޖޭގެ ޤައުމީ ޞިއްޙީ އިންޝުއަރަންސް ނިޒާމުގެ މަސައްކަތްތައް ކުރުން.

މަޤާމް: ސީނިއަރ ޑިވެލޮޕަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠު:

- ޑިޕްލޮމާ އިން ސޮފްޓްވެއަރ އިންޖިނިއަރިންގ ނުވަތަ އޭލެވެލް 3 ފާސް ލިބިފައިވުން.

- މަދުވެގެން 5 އަހަރު ދުވަހުގެ ސޮފްޓްވެއަރ ޑިވެލޮޕްމަންޓުގެ ތަޖުރިބާ ލިބިފައިވުން.

- "PHP" އާއި "MySQL" ން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- HTML” “CSS” އާއި “JavaScript” ފްރޭމްވަރކްތަކަށް ފަރިތަވުން.

- “Git” އާއި “SVN” ގެ މަޢުލޫމާތާއި ހުނަރު ލިބިފައިވުން.

- ވެބް ޑިވެލޮޕްމަންޓް ތަޖުރިބާއާއި "RDBMS" ގެ ތަޖުރިބާ ލިބިފައިވުން.

- “PHP” ފްރޭމްވަރކްތަކަށް ފަރިތަ ފަރާތަކަށްވުން (މިސާލު: "Laravel")

- މި ކުންފުނީގެ ފަރާތުންދޭ ޢަމަލީ ޓެސްޓުން ފާސްވުން.

މަޤާމް: ސޮފްޓްވެއަރ ޑިވެލޮޕަރ

ބޭނުންވާ އަދަދު: 3 (ތިނެއް)

މަޤާމުގެ ޝަރުޠު:

- ޑިޕްލޮމާ އިން ސޮފްޓްވެއަރ އިންޖިނިއަރިންގ ނުވަތަ އޭލެވެލް 3 ފާސް ލިބިފައިވުން.

- 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަހު ސޮފްޓްވެއަރ ޑިވެލޮޕްމަންޓުގެ ތަޖުރިބާ ލިބިފައިވުން.

- "PHP" އާއި "MySQL"  ން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

-  “Git” އާއި “SVN” ގެ މަޢުލޫމާތާއި ހުނަރު ލިބިފައިވުން.

- ވެބް ތަރައްޤީކުރުމުގެ ތަޖުރިބާއާއި "RDBMS" ގެ ތަޖުރިބާ ލިބިފައިވުން.

- “PHP” ފްރޭމްވަރކްތަކަށް ފަރިތަ ފަރާތަކަށްވުން (މިސާލު: "Laravel")

- މި ކުންފުނީގެ ފަރާތުންދޭ ޢަމަލީ ޓެސްޓުން ފާސްވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- "ސްޓޭޓް އޮފް ދަ އާޓް" ގެ އޮނިގަނޑުތައް ބޭނުންކޮށްގެން އައު "ޔޫ އައި" ފަންކްޝަނަލަޓީ އިމްޕްލިމެންޓް ކުރުން.

- "ފްރަންޓް އެންޑް/ ބެކް އެންޑް ސޮލިއުޝަންސް" ފަރުމާކޮށް ތަންފީޒުކުރުން.

- ކުންފުނީގައި ބޭނުންކުރެވެމެންދާ ޔޫސަރ އިންޓަފޭސްތައް ބަލައި ފާސްކޮށް، ހަރުދަނާކުރުން.

- ސޮފްޓްވެއެރ ޑިވެލޮޕްމަންޓް ލައިފްސައިކަލް ހަރުދަނާކުރުމަށް އެހީތެރިވެދިނުން.

- ސަބް ޕްރޮޖެކްޓްތައް ފަށައިގަތުމަށްފަހު ނިމެންދެން ކުރިއަށް ގެންދިޔުން.

- ސަބް ޕްރޮޖެކްޓްސް މަސައްކަތް ކުރިއަށްދާގޮތުގެ އަޕްޑޭޓާއި، ޕްރޮޖެކްޓް ނިންމުމަށް ދާނެ މުއްދަތު، މެނޭޖްމަންޓާއި ޑިވެލޮޕްމަންޓް ޓީމާ ގުޅިގެން މަސައްކަތް ކުރުން.

- ފަންކްޝަނަލް "ޔޫ އައި" /"ބެކް އެންޑް" ރިކުއަޔަރމަންޓްސްތައް ބަލައި ފާސްކޮށް، އޭގެ މަޢުލޫމާތު ދެނެގަތުން.

- ވޯކްފްލޯރ އާއި ޔޫސެބިލިޓީއަށް ބިނާކޮށް "ޔޫ އައި"  ޕްރޮޓޮޓައިޕް ފަރުމާކޮށް ޕްރެޒެންޓް ކުރުން.

- ސޮފްޓްވެއަރ އާބެހޭ މަޢުލޫމާތު ބޭނުންވާ މުވައްޒަފުންނަށް ދިނުމުގައި އެހީތެރިކަން ދިނުން.

މުސާރަ

ދެފަރާތުން އެއްބަސްވާގޮތުގެ މަތިން

ޝައުޤުވެރިކަން ފާޅުކުރުމުގެ ފަހު ތާރީޚަކީ، 2015 އޮގަސްޓު 26 ވާ އަންގާރަދުވަހު މެންދުރު 12:00 އެވެ.

ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވަނަވަރާއި ތަޢުލީމީ ސެޓްފިކެޓްތައް، ތިރީގައިވާ އެޑްރެހަށް ހުށަހަޅަން ނުވަތަ އީމެއިލް އެޑްރެހަށް އީމެއިލްކުރަން ވާނެއެވެ.

އާސަންދަ ކޮމްޕެނީ ލިމިޓެޑް

ފެން ބިލްޑިންގ، 3 ވަނަ ފަންގިފިލާ

ފޯން: +960 301 1400            

ފެކްސް: +960 301 3636

އީމެއިލް: [email protected]

ވެބްސައިޓް: www.aasandha.mv

މާލެ، ދިވެހިރާއްޖެ

ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ސައްޙަނޫން މަޢުލޫމާތުތައް ހިމެނޭ ހުށައެޅުންތައް ބާޠިލްކުރެވޭނެއެވެ.

28 ޝައްޥާލް 1436

13 އޮގަސްޓް 2015
ހޯދާ