މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލެޕްޓޮޕް ގަތުމަށް

ލެޕްޓޮޕް ގަތުމަށް ބޭނުންވެއްޖެ

މިނިސްޓްރީގެ IUL)22-PU/1/2015/244) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި 2 ފަރާތުން ކުރެ އެއްފަރާތުން ހުށަހަޅަންޖެހޭ ބައެއްލިޔުން ހުށަހަޅާފައިނުވުމާއި 2 ވަނަ ފަރާތުގެ ސްޕެކް ދިމާނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

17 އޮގަސްޓު 2015 (ހޯމަ) ދުވަހުގެ 10:00 އަށް

19 އޮގަސްޓު 2015 (ބުދަ) ދުވަހުގެ 10:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436/ 3341403 ނަންބަރު ފޯނާއެވެ.

6 ޝައްވާލް 1436

22 ޖުލައި 2015
ހޯދާ