މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
8 މެގަވޯޓުގެ ޑީސަލް ޖެނެރޭޓަރ ސިސްޓަމެއް ޤާއިމުކުރުމަށް

ޕްރޮޖެކްޓް ނަންބަރު: TES/2015/G-017
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

1- ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓްގެ ދަށުން 8 މެގަވޯޓުގެ ޑީސަލް ޖެނެރޭޓަރ ސިސްޓަމެއް ޓާރން-ކީ އުސޫލުން ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

2- ވީމާ، ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓްގެ ބޭނުމަށް 8 މެގަވޯޓުގެ ޑީސަލް ޖެނެރޭޓަރ ސިސްޓަމެއް ޑިޒައިންކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލް ކޮށްދީ ޓާރން-ކީ އުސޫލުން ޤާއިމުކޮށް ބެލެހައްޓުމަށް ޝަރުޠު ހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަލުން ހުޅުވާލަމެވެ.

3- މި މަސަތްކަތް ކުރާނެ ފަރާތެއް ހޮވާނީ ބައިނަލްއަޤުވާމީ ވާދަވެރި ބީލަމުގައި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ގައިޑްލައިންސްއާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ.

4- ރަޖިސްޓްރޭޝަން ފީ ބަލައިގަންނާނީ 12 އޮގަސްޓު 2015 އިން 27 ސެޕްޓެންބަރު 2015އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30އަށް މި މިނިސްޓްރީންނެވެ. ރަޖިސްޓްރޭޝަން ފީ އެއްގެ ގޮތުގައި -/100 އެމެރިކާ ޑޮލަރު (އެއް ސަތޭކަ) އެމެރިކާ ޑޮލަރު ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި ލިބިވަޑައިގަންނަވާނެއެވެ. 

5- މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 27 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 1100 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ.

6- މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 3 ސެޕްޓެންބަރު 2015ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން މިމިނިސްޓްރީ އީމެއިލް އެޑްރެސް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.

7- ބިޑްސެކިޔުރިޓީގެ ގޮތުގައި ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ އަދަދު ހުށަހަޅަންޖެހޭނެއެވެ.. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 208 ދުވަހެވެ.

8- ބިޑް ހުޅުވުން އޮންނާނީ 28 ސެޕްޓެންބަރު 2015ވާ ހޯމަ ދުވަހުގެ 14:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ޓެންޑަރ އިވެލުއޭޝަން ސެކްޝަން

   މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

   އަމީނީމަގު،

   މާލެ، ދިވެހިރާއްޖެ،

   ޓެލެފޯން: 960.3349106 /+ 3349266960 +

   ފެކްސް:960.3320706+

   އީމެއިލް:[email protected]

       [email protected]

10. އަދި މި އިޢުލާން މިނިސްޓްރީގެ ވެބްސައިޓުން www.finance.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

12 އޮގަސްޓް 2015
ހޯދާ