ކިނބިދޫ ޞިއްޙީ މަރުކަޒު، ތ. ކިނބިދޫ
ދިވެހިރާއްޖެ
އެންބިއުލާންސް މަރާމާތު ކުރުމަށް

މަރާމާތުކުރުން     

މި މަރުކަޒުގެ އެންބިއުލާންސް މަރާމާތު ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ 27 އޮގަސްޓު 2015 ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ. މިބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އަންދާސީހިސާބުގެ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީއެއް ފޮނުއްވުން އެދެމެވެ.

  • 2 ސީވީ ޖޮއިންޓް ބަދަލުކުރުން
  • ޕްރެޝަރ ޕްލޭޓެއް ބަދަލުކުރުން
  • ޓިއުބް ލެސް ދެޕުރޮޅު ބަދަލުކުރުން.
  • ދެ ބުރެކި ސެޓް ބަދަލުކުރުން.
  • ކްލަޗް ޕްލޭޓް ބަދަލުކުރުން.
  • ސެންޓަރ މައުންޓް ބަދަލުކުރުން.
  • އެއަރކޯން ފިލްޓަރ ބަދަލުކުރުން.
  • ބެޓެރީ V12amp 150 (މެއިންޓެނަންސް ފުރީ) 

21 ޝައްވާލު 1436

06 އޮގަސްޓް 2015
ހޯދާ