ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ލޯންޗު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން

މިޑިޕާޓްމަންޓުން 2015 ވަނަ އަހަރު ބޭވުމަށް ހަމަޖެހިފައިވާ އޮކްޓޫބަރު/ނޮވެންބަރު އޯލެވެލް އިމްތިޙާނުގެ ސުވާލު ކަރުދާސް ގެންދިޔުމާއި ގެނައުމަށް ކުރާ ލޯންޗު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އޮގަސްޓު 17 ވާ ހޯމަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮގަސްޓު 24 ވާ ހޯމަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 3 ވަނަ ފަންގިފިލާގައެވެ.

21 ޝައްވާލް 1436

06 އޮގަސްޓް 2015
ހޯދާ