ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން:

އެސިސްޓެންޓް ލީގަލް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ލީގަލް އޮފިސަރ

މަޤާމުގެ ރޭންކް:

އެލް. އެސް. 2

މުސާރަ:

މަހަކު -/9،412 ރުފިޔާ (ނުވަހާސް ހަތަރުސަތޭކަ ބާރަ ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/3،000 ރުފިޔާ (ތިންހާސް ރުފިޔާ)

އުޖޫރައާއި ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުޞޫލުން ޖުޑީޝަލް އެލަވަންސާއި، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ލިވިންގ އެލަވަންސް:

-/2,550 (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓް

ތަޢުލީމާއި ތަޖުރިބާ:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމުގައި މެޖިސްޓްރޭޓުންނަށް އެހީތެރިވެދިނުން.
  2. ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޑްރާފްޓްކުރުމަށް މެޖިސްޓްރޭޓުންނަށް އެހީތެރިކަން ފޯރުވައިދިނުން.
  3. އެކިއެކި ކޯޓުތަކުން ބަޔާން ނެގުމަށް މީހުން ހާޒިރުރުކޮށްދިނުމަށް އަންނަ މެސެޖްތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މެޖިސްޓްރޭޓުން އަންގަވާގޮތެއްގެމަތިން ބަޔާންތައް ނެގުން.
  4. ނިމޭ މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައިވޭތޯ ބަލައި، މައްސަލައިގެ ފައިލު، އަރުޝީފަށް ހަވާލުކުރުން.
  5. ޤާނޫނަށް އަންނަ ބަދަލުތައް ދިރާސާކޮށް، ކަމާބެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމާއި، ރިޕޯޓް ހޯދަންއެދޭ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ޤަވާޢިދުން ދޫކުރުން.
  6. ޝަރީޢަތާބެހޭ ސެކްޝަނުގެ މަސައްކަތްތައް، ކޯޓުގެ އިސް މެޖިސްޓްރޭޓް ނުވަތަ ކޯޓު ހަވާލުވެ ހުންނެވި މެޖިސްޓްރޭޓް އަންގަވާގޮތެއްގެމަތިން ކުރުން.

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:

2015  އޮގަސްޓު  16  ވަނަ  ދުވަހުގެ  13.30  ގެ  ކުރިން،  'ޝަރުޢީ  ދާއިރާގެ  ވަޒީފާއަށް  އެދޭ  ފޯމް' ފުރިހަމަކުރުމަށްފަހު މި ކޯޓަށް ހުށަހެޅުން އެދެމެވެ.

 

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ތަޢުލީމީ ނަތީޖާއާއި، ލިބިފައިވާ ތަޖުރިބާއާއި، އިންޓަރވިއުގައި ހޯދާ މާކުހުގެ ޖުމްލައަށް ބަލައިގެންނެވެ.

އިންޓަވިއު:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުން  އޮންނަ ތާރީޚާއި ގަޑި، އެފަރާތްތަކަށް މި ކޯޓުން އަންގާނެއެވެ. އިންޓަވިއު އޮންނާނީ، މި ކޯޓުގައެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމް (މި ފޯމް މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ www.justice.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް  ހުންނާނެއެވެ.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)
  4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓުގެ ކޮޕީ.
  5. އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ ނުވަތަ އަދާކުރި މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

އެހެނިހެން ކަންތައްތައް:

  • މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ، މީލާދީގޮތުން އުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.
  • އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ކޮޕީ ހުށަހަޅާ ލިޔުންތަކުގެ އަސްލުތައް، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ކޯޓުގެ 6800719 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6800722 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

21 ޝައްޥާލް 1436

06 އޮގަސްޓް 2015
ހޯދާ