އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުޞަތު

މި މަޤާމަކީ ކުންފުނީގެ މުވައްޒަފުންނަށް އަދި ކުންފުނީގެ ފަރާތުން ބާއްވާ އެކިއެކި ބައްދަލުވުންތަކުގައި ސައި/ ބުއިން ތައްޔާރުކޮށް، ކުންފުނީގެ ތެރޭގައި ކުރަންޖެހޭ ސާފުކުރުމާއި މިކަމާގުޅުންހުރި އެކިއެކި މަސައްކަތްތައް ކުރުމަށް ޚާއްޞަ މަޤާމެކެވެ.

ޝަރުޠު:

  • ގްރޭޑް 7ގެ ފެންވަރު ހުރުމާއި ކުރެވޭ އިންޓަރވިއުއިން ފާސްވުން. ނުވަތަ، ދިވެހި އަދި އިނގިރޭސި ބަހުން ލިޔެފައި ހުންނަ އެއްޗެތި ލިޔަން އަދި ކިޔަން އެނގޭ މީހެއްކަމުގައިވުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
  • މަސައްކަތުގެ މާހައުލުގައި މުޢާމަލާތު ކުރަންޖެހޭ ފަރާތްތަކާ ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ މީހަކު ކަމުގައިވުން
  • ރަސްމީ ގަޑީގެ އިތުރުން އޮފީހުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތުގައި އުޅެވޭނެ، ބަރު ތަކެތި އެއްތަނުން އަނެއްތަނަށް އުފުއްލޭނެ ފުރިހަމަ ޞިއްޙަތެއްގައިހުރެ އުމުރުން 55 އަހަރު ވެފައިނުވާ މީހެއްކަމުގައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

މުވައްޒަފުންނަށް ބޭނުންވާ ހެނދުނުގެ ސައި ތައްޔާރުކުރުމާއި ސައި ކޮޓަރި ސާފުކޮށް ބެލެހެއްޓުން

ޖަލްސާ ބާއްވާ ކޮޓަރި އަދި އިސްވެރިންގެ ކެބިން ސާފުކޮށް ބެލެހެއްޓުން

ކުންފުނީގެ ޑިރެކްޓަރުންގެ ޖަލްސާ، މެނޭޖްމަންޓްގެ ބައްދަލުވުންތައް އަދިވެސް އެހެނިހެން ބާއްވާ ބޮޑެތި ބައްދަލުވުންތަކުގައި ބައިވެރިވާ ފަރާތްތަކަށް ސައި/ ފިނި ބުއިން ގެންގޮސްދިނުން

އޮފީސްތެރެ ފޮޅައި ސާފުކުރުމާއި، ސާފުކުރުމާ ގުޅޭ އެހެނިހެން މަސައްކަތްތައް ކުރުން

ކުންފުނި އަދި މަސައްކަތާ ގުޅިގެން އޮފީހުން އަންގާ އެހެނިހެން ކަންކަން ކުރުން

މުސާރަ: 3200.00 ރުފިޔާ + އިތުރު އިނާޔަތްތައް

ޝައުޤުވެރިކަން ފާޅުކުރުމުގެ ފަހު ތާރީޚަކީ 10 އޮގަސްޓު 2015ވާ ހޯމަ ދުވަހު މެންދުރު 12:00އެވެ.

ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓްފިކެޓްތައް، ތިރީގައިވާ އެޑްރެހަށް ހުށައަޅަން ނުވަތަ އީމެއިލް އެޑްރެހަށް އީމެއިލްކުރަން ވާނެއެވެ.

ފޯން: 1400 301 960+، ފެކްސް: 3636 301 960+ 

އާސަންދަ ކޮމްޕެނީ ލޓޑ               

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]، ވެބްސައިޓް: www.aasandha.mv

އިންޓަރވިޔުއަށް ކިޔޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ. އަދި ޝަރުޠުހަމަނުވާ ފަރާތްތަކާއި ޞައްޙަ ނޫން މަޢުލޫމާތުތައް ހިމެނޭ ހުށަހެޅުންތައް ބާޠިލުކުރެވޭނެއެވެ.

06 އޮގަސްޓް 2015
ހޯދާ