ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޑައިރެކްޓަރ ޖެނެރަލް

މި އޮތޯރިޓީއަށް ތިރީގައިވާ މަޤާމަށް މުވައްޒަފަކު ހޯދަންބޭނުންވެއެވެ.

މަޤާމުގެ ނަން

ޑައިރެކްޓަރ ޖެނެރަލް

ވަޒީފާ އަދާކުރަންޖެހޭ ތަން

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

މަސައްކަތުގެ ދާއިރާ

މަރކެޓް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

01

އަސާސީ މުސާރަ

13,890.00 ރުފިޔާ (ތޭރަހާސް އަށްސަތޭކަ ނުވަދިހަ)

އިނާޔަތްތައް

  • ފުޑް އެލަވެންސް: - 35.00 ރުފިޔާ (މަސައްކަތްކުރާ ކޮންމެ ދުވަހަކަށް)
  • ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފުންނަށް ލިބޭ އެހެނިހެން އިނާޔަތްތައް
  • ސީ.އެމް.ޑީ.އޭގައި މަސައްކަތް ކުރާތާ އެއްއަހަރުވުމުން އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ، 10 އަހަރުވަންދެން ދެވޭނެއެވެ.

ޝަރުޠުތައް

  • އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބެންކިންގ، ލީގަލް ނުވަތަ ގުޅުންހުރި ދާއިރާއަކުން މާސްޓާރސް ޑިގްރީ ނުވަތަ މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބެންކިންގ، ލީގަލް ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ނުވަތަ މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި 15 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ޝަރުޠުތައް ފުރިހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، މިދާއިރާއިން ދަށްވެގެން ބެޗެލަރޒް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށް ވަޒީފާގެ ފުރުޞަތު ދެވިދާނެއެވެ. އަދި ވަޒީފާ ދިނުމުގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކެޕިޓަލް މާކެޓާއި ގުޅުންހުރި ކަންކަމަށް ޕޮލިސީ ޕޭޕަރު ތައްޔާރުކުރުމާއި ދިރާސާކުރުން.
  • އޮތޯރިޓީން ހިންގާ ޕްރޮގްރާމްތައް ވިލަރެސްކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެޕްލިކޭޝަން ފޯމު
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުމެއް
  • ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސް އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ސީ.އެމް.ޑީ.އޭ ގެ ވަޒީފާއަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް

ނޯޓު:

  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި އިންޓަރވިއުއަށް ހާޒިރުވާއިރު ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ އަސްލު ގެންނަންވާނެއެވެ.
  • މިމަޤާމަށް މުވައްޒަފަކު ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި އިންޓަރވިއުއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ ކުށުގެ ރިކޯޑަށް ބެލުމަށްފަހުު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.
  • މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 13 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެެެ 14:00 ގެ ކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއި (އެޕްލިކޭޝަން) ހުށަހަޅަންޖެހޭ ލިޔުންތައް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.  އެޕްލިކޭޝަން ފޯމު މިއޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، އެމް.ޓީ.ސީ.ސީ ޓަވަރ، 4 ވަނަ ފަންގިފިލާ

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619، ފެކްސް: 3336624

އީމއެއިލް: [email protected]  ވެބްސައިޓް: www.cmda.gov.mv

17 ޝައްވާލު 1436

02 އޮގަސްޓް 2015
ހޯދާ