ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސުކޫލްގެ ކުޅޭ ސަރަހައްދު ރާނައި ހިޔާކުރުން

ތަކަންދޫ ރައްޔިތުންގެ ޕްރީސުކޫލްގެ ކުޅޭ ސަރަހައްދު ރާނައި ހިޔާކުރުން

މި އިދާރާގެ ފަރާތުން ހިންގަމުން ގެންދާ ތަކަންދޫ ރައްޔިތުންގެ ޕްރީސުކޫލްގެ ކުޅޭ ސަރަހައްދު ރާނައި ހިޔާކުރަން ބޭނުންވެއެވެ.  

ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖުލައި 2015 ވާ ބުރާސްފަތި ދުވަހު 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 06 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަނާޅާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރާތަކުން ވިޔަސް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ވަޑައިގެންނެވި ބޭފުޅެއްކަން އެނގޭނެ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

04 ޝައްވާލް 1436

20 ޖުލައި 2015
ހޯދާ