މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކުޅިވަރު ސާމާނު ގަތުމަށް ބޭނުންވެއްޖެ

ސުކޫލުތަކަށް ތިރީގައި މިދަންނަވާ ކުޅިވަރު ސާމާނު ގަތުމަށް ބޭނުންވެއްޖެއެވެ.

225 ވޮލީ ބޯޅަ

750 މާރކަރސް

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 8 ވަނަފަންގިފިލާ) ޕުރޮކިއުމަންޓު ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 8 ވަނަފަންގިފިލާ) ޕުރޮކިއުމަންޓު ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

30 ޖުލައި 2015 (ބުރާސްފަތި) ދުވަހުގެ 13:00 އަށް

6 އޮގަސްޓު 2015 (ބުރާސްފަތި) ދުވަހުގެ13:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނަށެވެ.

6 ޝައްވާލް 1436 

22 ޖުލައި 2015
ހޯދާ