މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް

މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ

ސެކްޝަން / ޔުނިޓް

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދަތުރު އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު

1 (އެކެއް)

 

 

ތަޢުލީމާއި، ތަޖުރިބާ

1. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު

1. ރަށުގެ ބަނދަރާއި، މަގުމަގާއި، ގޯޅިތަކާއި، އިޖުތިމާޢީ ސަރަހައްދުތަކުގައި ޤަވާއިދާ ޚިލާފަށް ބަހައްޓާ ތަކެތި ނަގުވައި، އެތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމުގެ އިންތިޒާމްތައް ރާވައި ހިންގުން.

2. އެކިއެކި ބޭނުންތަކަށް ރަށުން ބިން ދޫކުރުމާ ބެހޭގޮތުން އިދާރާއިން ކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތްތައް ކުރުމާއެކު، ބިމުގެ ދަފްތަރު ބެލެހެއްޓުން.

3. ގޯތީގެ ރަޖިސްޓަރީއާއި، ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހަދައިދީ ބެލެހެއްޓުން.

4. ރަށުގެ ބަނދަރާއި، މަގުމަގާއި ގޯޅިތަކާއި، އިޖުތިމާޢީ ސަރަހައްދުތައް ރޭގަނޑު ދިއްލުމުގެ އިންތިޒާމުތައް ރާވައި ހިންގުން.

5. ރަށްވެހީންގެ ރަޖިސްޓަރީ ހަދައިދީ، ގޭގޭގެ މީހުންގެ ރަޖިސްޓަރީ ފޮތް އަޕްޑޭޓްކޮށް ބެލެހެއްޓުން.

6. އެއްބުރިއަށްވުރެ މައްޗަށް ޢިމާރާތްކުރުމުގެ ހުއްދަ ހޯދުމަށް ހުށަހެޅޭ މައްސަލަތަކާ ބެހޭގޮތުން އިދާރާއިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކޮށް ބެލެހެއްޓުން.

7. ރަށުގެ ޤަބުރަސްތާނު ވިނަނޮޅައި ސާފުކުރުމުގެ އިންތިޒާމްތައް ރާވައި ހިންގުން.

8. އެކިއެކި ބޭނުންތަކަށް ރަށަށް ގެނެވޭ ބިދޭސީންނާ ބެހޭގޮތުން އިދާރާއިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއެކު، ބިދޭސީންގެ ދަފްތަރު ހަދައި ބެލެހެއްޓުން.

9. ހަވާލުކުރެވިފައިވާ މަސައްކަތާ ގުޅިގެން ތައްޔާރުކޮށް ފޮނުވަންޖެހޭ އެންމެހައި ރިޕޯޓްތައް ތައްޔާރުކޮށް، ފޮނުވައި ބެލެހެއްޓުން.

10. މަގުމަގާއި، ގޯޅިއަށް އަރާ ރުއްގަހުގެ ބަދަލުގެ މައްސަލަތައް ލިޔެ، ބެލެހެއްޓުން.

11. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓަރީކުރުމާއި، އެފަދަ ތަކެތީގެ ސަލާމަތާބެހޭ ސެޓްފިކެޓް ނުވަތަ ރޯޑްވާދިނަސް ހެދުމާ ބެހޭގޮތުން އިދާރާއިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކޮށް ބެލެހެއްޓުން.

12. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާ ބެހޭގޮތުން އިދާރާއިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކޮށް ބެލެހެއްޓުން.

13. އިދާރާއިން ތަޙްޤީޤުކުރާ މައްސަލަތަކުގެ ބަޔާންތައް ލިޔެ، ބެލެހެއްޓުން.

14. އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި، ތަމްރީން

2. މަސައްކަތުގެ ތަޖުރިބާ

3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި، ޕްރެކްޓިކަލްސް އާއި، އިމްތިޙާން ކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، 2015 އޯގަސްޓު 2 އާއި 4 އާ ދެމެދު، މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން، މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާއަށް

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6540046 ނަންބަރު ފޯނާއެވެ.

28 ރަމަޟާން 1436
15 ޖުލައި 2015
ހޯދާ