ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2015 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ ޓީޗިން ޕްރެކްޓިސްއަށް ފެކަލްޓީ އޮފް އެޑިޔުކޭޝަނުން އަންނަ ދަރިވަރުން ތިބުމަށް ގެއެއް ކުއްޔަށް ހިފުމަށް

2015 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ ޓީޗިން ޕްރެކްޓިސްއަށް ފެކަލްޓީ އޮފް އެޑިޔުކޭޝަނުން އަންނަ ދަރިވަރުން ތިބުމަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

2015 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ ޓީޗިން ޕްރެކްޓިސްއަށް ފެކަލްޓީ އޮފް އެޑިޔުކޭޝަނުން އަންނަ ދަރިވަރުން ބޭތިއްބުމަށްޓަކައި 5 ކޮޓަރި، 4 ކޮޓަރި، 3 ކޮޓަރި، 2 ކޮޓަރި ނުވަތަ 1 ކޮޓަރީގެ އެޕަރޓްމެންޓެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 21 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 01:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 28 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގެންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި ގަޑިޖެހުމުގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީ އާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅުއްވަން ވާނެއެވެ.

26 ރަމަޟާން 1436

13 ޖުލައި 2015
ހޯދާ