އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.އޮމަދޫ ކުޑަމިސްކިތު ގޯތި ތެރޭގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް

ބީލަން ހުށައެޅުމުގެ ދަޢުވަތު

އދ. އޮމަދޫ ކުޑަމިސްކިތު ގޯތި ތެރޭގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުން ވެއެވެ.

މި މަސައްކަތާ ގުޅޭ ބީލަން ފޮތް ބަންދުނޫން ކޮންމެ ދުވަހަކު 10:30 އިން 13:30 އަށް އދ.އޮމަދޫ ކައުންސިލްގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ. މި މަޝްރޫޢުގެ ޕުރީ ބިޑް ބައްދަލުވުން އޮންނާނީ 2015 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި އދ.އޮމަދޫ ކައުންސިލްގެ އިދާރާގައެވެ.

ބިޑް ހުޅުވުން އޮންނާނީ 2015 އޮގަސްޓު 5 ވާ ބުދަ ދުވަހުގެ 14:00 ގައި އދ.އޮމަދޫ ކައުންސިލްގެ އިދާރާގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.

1- "އދ.އޮމަދޫ ކުޑަ މިސްކިތު ގޯތީގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް"

2- ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަމްބަރު.

3- ބީލަން ހުށައަޅާ ތާރީޚާއި ވަގުތު.             

26 ރަމަޟާން  1436

13 ޖުލައި 2015
ހޯދާ