ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ކްލާސް ރޫމް މަރާމާތު ކުރުމާގުޅޭ

އިޢުލާން

ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ކްލާސް ރޫމް މަރާމާތު ކުރުމާގުޅޭ

މި މަރުކަޒުގެ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚާއްޞަ ކޮށްގެން ކުލާސްރޫމެއް މަރާމާތު ކުރަން ބޭނުން ވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 14 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ޖުލައި 2015 ވާ ހޯމަ ދުވަހުގެ މެންދުރު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގެންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި ގަޑިޖެހުމުގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީ އާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުއްވާފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅުއްވަން ވާނެއެވެ.

މިކަމަށް އެދި މި މަރުކަޒުން ކުރި ނަމްބަރު:(IUL)GS08/2015/10 އިޢުލާނާ ގުޅިގެން ޞައްޙަ 3 ބިޑް ހުށަހަޅާފައި ނުވާކަމަށް މިނިސްޓްރީގެ ބިޑް ކޮމެޓީއަށް ފެނިލައްވާތީވެ، އެ އިޢުލާން ބާޠިލު ކުރި ވާހަކަ ދެންނެވީމެވެ.

18 ރަމަޟާން 1436

05 ޖުލައި 2015
ހޯދާ