މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

މަސައްކަތު

ބޭނުންވާ  އަދަދު

1

މަޤާމް އޮތް އޮފީސް

މިލަދުންމަޑުލު  ދެކުނުބުރީ  މިލަދޫ ކައުންސިލްގެ  އިދާރާ

ސެކްޝަން

އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ / މަސްޖިދުއް ތާސީ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. ކައުންސިލް އިދާރާއިން ހަމަޖައްސައި އަންގައިފައިވާ މިސްކިތެއްގެ ފާޚާނާއާއި އިސްކުރުބަރިއާއި ވަޅުދޮށް، މަދުވެގެން ދުވާލަކު އެއްފަހަރު ސާފުކުރުން.
  2. ކޮންމެ ދުވަހަކުވެސް މިސްކިތް ފޮޅައި ސާފުކުރުން.
  3. ކޮންމެ ދުވަހަކުވެސް މިސްކިތުގެ ބިއްލޫރިތަކާއި، ކަބަޑުތަކާއި، ފަންކާތަކާއި މިސްކިތުގެ ޗާންދަލިޔާފަދަ ތަކެތި ފޮޅައި ސާފުކުރުން.
  4. މިސްކިތާއި މިސްކިތުގެ ގޯތިތެރެއާ އިންވެގެން ހުންނަ މަގުތަކާއި ގޯޅިފަދަ ތަންތަން ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
  5. ފޮޅައި، ސާފުކުރުމަށް ބޭނުންވާ ތަކެތި، ކައުންސިލް އިދާރާގައި އޮންނަ، ފޮތުގައި ނޯޓްކޮށް، އެތަކެތި ގެނެސް، ބެލެހެއްޓުން.
  6. މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދުމާއި، ފެންދީ ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  7. މިސްކިތުގެ ފެންވަޅުތައް ދިޔަހިއްކައި ސާފުކޮށް ބެލެހެއްޓުން.
  8. މިސްކިތުގައި ހުންނަ ގަޑިތަކަށް ބެޓްރީ ލެއްވުމާއި، ގަޑި ހަމަކުރުމާއި، މިފަދަ ކަންތައްތައް ޗެކުކުރުން.

މަޤާމް

ރޭންކް

ކްލެފިކޭޝަން

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

މަސައްކަތު

އެސް. އެސް. 1

ސަޕޯޓް ސްޓާފް ގްރޭޑް 1

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

3100.00

1000.00

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:

މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޖުލައި 20 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާއަށް، ހުށަހެޅުން އެދެމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ހީވާގި މުރާލި ފަރާތަކަށްވުން.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތަނާއި ގަޑި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް އެންގޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ، މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލް އިދާރާގެ ކައުންޓަރުން)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 7490014 ނަންބަރު ފޯނާއެވެ.

22 ރަމަޟާން 1436
09 ޖުލައި 2015
ހޯދާ