މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލްފުރުޤާން މިސްކިތުގައި އެލްމިނިޔަމް ދޮރު ހަރުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

1- މިރަށު މަސްޖިދުލްފުރުޤާން މިސްކިތުގައި މިހާރު ހަރުކުރެވިފައިވާ ދޮރުތައް ނަގައި އެލްމިނިޔަމް ދޮރު ހަރުކުރުމަށްޓަކައި، މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

2- މި މަސައްކަތުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 08 ޖުލައި 2015 ވާ ބުދަ ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ގަބޫލެއް ނުކުރެވޭނެއެވެ.

3- އަންދާސީހިސާބު ހުށަހެޅުމާއި، ހުށަހެޅި - ހުށަހެޅުންތައް ކެނޑުން އޮންނާނީ 15 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.

   ހ. "މަސްޖިދުލް ފުރުޤާން މިސްކިތުގައި އެލްމިނިޔަމް ދޮރު ހަރުކުރުން."

   ށ. އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް/ކުންފުންޏެއް ނަމަ ކުންފުނީގެ ނަން

4- އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ ބީލަން ޤަބޫލެއް ނުކުރެވޭނެއެވެ.

15 ރަމަޟާން 1436

02 ޖުލައި 2015
ހޯދާ