ދޮންފަނު ސްކޫލް
ދިވެހިރާއްޖެ
ބޭރު ނޯޓިސް ބޯޑު ހެދުން

މި ސްކޫލުގެ ބޭރުފާރުގައި ފެންނުވަންނަހެން 4 ފޫޓު 6 ފޫޓަށްވުރެ ކުޑަ ނޫން އަދި ސީއެފްއެލް 3 ބޮކި ދިއްލޭގޮތަށް ހަރުކޮށް، ނޯޓިސްބޯޑެއް ހަދަން ވަނީ ބޭނުންވެފައެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވޭނޭ ފަރާތްތަކުން 6 ޖުލައި 2015 ގެ 14:00 ގެ ކުރިން މި ސްކޫލަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތުގެ އަގު -/15000 ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެއެވެ. މި ނޯޓިސްބޯޑުގައި ފަހަތަށް ހުޅުވޭހެން ދެ ދޮރުފަތް ހުންނަންވާނެއެވެ. ނޯޓިސްބޯޑު ހުންނަންވާނީ ބިމުން ފެށިގެން 2 ފޫޓާއި 3 ފޫޓާ ދެމެދުގެ އުސްމިނެއްގައި ދެފަރާތުގައި ސިމެންތި ޖަހައި ނޫކުލަ ލާފައެވެ. އަދި ކުރިމަތީ ބިއްލޫރިގަނޑު ހުންނަންވާނީ ނުނެއްޓޭނެހެން ހަރުކޮށްފައެވެ. އަދި ބޯޑުގައި ޕިންޖަހައިގެން ކަރުދާސް ހަރުކުރެވޭނެހެން ހުންނަންވާނެއެވެ. ހުށަހެޅުމުގައި ތިރީގައިމިވާ ކަންކަން ހިމަނަންވާނެއެވެ.

  1. މަސައްކަތުގެ އަގު (80 ޕޮއިންޓް)
  2. މަސައްކަތް ނިންމޭނެ މުއްދަތު (15 ޕޮއިންޓް)
  3. މަސައްކަތް ކޮށްދެވޭނެ ކޮލިޓީއާއި ތަފުސީލު (5 ޕޮއިންޓް)
    1. ނޯޓިސްބޯޑުގެ ސައިޒް (5 ޕޮއިންޓްގެ %80)
    2. ލަކުޑީގެ ބަދަލުގައި އެލްމެނިއަމް ބޭނުންކުރާނަމަ (5 ޕޮއިންޓްގެ)
    3. ބިއްލޫރީގެ ބޯމިން (5 ޕޮއިންޓްގެ %5)
    4. އެސް އެސް އިސްކުރު ބޭނުންކުރާނަމަ (5 ޕޮއިންޓްގެ %5)
28 ޖޫން 2015
ހޯދާ