މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޮޅުމީދޫ ޑިވެލޮޕްމަންޓް ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު

ހޮޅުމީދޫ ޑިވެލޮޕްމަންޓް ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު

ޤާނޫނު ނަމްބަރު 7/2010، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ނ. ހޮޅުދޫ ކައުންސިލުން މިރަށު ރައްޔިތުންނަށް ދެވޭ ޚިދުމަތް ރަނގަޅުކޮށް، ތަރައްޤީގެ މަޝްރޫޢުތައް ރާވައި ހިންގުމުގައި، އެކިއެކި ފަންނުގެ ކަމަށް ޤާބިލު ތަޖުރިބާ ހުރި ބޭފުޅުންގެ ލަފަޔާއި މަޝްވަރާ މި ކައުންސިލަށް ބޭނުންވެއެވެ.

ހޮޅުމީދޫ ތަރައްޤީ ކުރުމުގެ މަސައްކަތް ރާވައި ހިންގުމުގައި އެކިއެކި ފަންނުގެ، ކަމަށް ޤާބިލު ބޭފުޅުންގެ އިރުޝާދާއި ލަފާ، އެންމެ ފުޅާ ދާއިރާގައި ހޯދުމަށް ބޭނުންވާތީ، ހޮޅުދޫ ކައުންސިލްގެ 53 ވަނަ ބައްދަލުވުމުން ނިންމާފައިވާ "ހޮޅުމީދޫ ޑިވެލޮޕްމަންޓް ބޯޑް" އަށް ކުރިމަތިލުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް ހުޅުވައިލަމެވެ. މި ބޯޑުގައި ހިމެނޭނީ ކައުންސިލްގެ 2 މެންބަރަކާއި، ކައުންސިލްގެ އިދާރާއިން 1 މެންބަރަކާއި އަދި އާންމުންގެ ފަރާތުން 6 މެމްބަރުންނެވެ.

ވީމާ، އެކި ޞިނާއަތްތަކުގެ ތަޖުރިބާ ހުރި، ހޮޅުމީދޫ ޑިވެލޮޕްމަންޓް ބޯޑުގައި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 ޖުލައި 2015 ވާ ބުދަ ދުވަހުގެ 12:00 ގެކުރިން ސީވީއާއެކު ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

04 ރަމަޟާން 1436

21 ޖޫން 2015
ހޯދާ