އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީ ޑްރައިވަރަކު ގެނެސްދޭނެ ފަރާތެއް ހޯދުން

ހަންޏާމީދޫ ކައުންސިލްގެ އިދާރާއަށް ބިދޭސީ ޑްރައިވަރަކު ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 28 ޖޫން 2015 (އާދީއްތަ) ދުވަހުގެ 11:00 ގައި މި އިދާރާއަށް ދުރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 ޖޫން 2015 (ހޯމަ) ދުވަހުގެ 11:00 ގައި މިއިދާރާއަށް ދުރުވެވަޑައިގެން ސިޓީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ސިޓީ ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެފޮނުވާމީހާ އާ އެކަން ހަވާލު ކުރެއްވިކަން އެނގޭނެ ސިޓީއެއް، އެފަރާތުގެ ހަވާލުގައި ފޮނުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގެންނެވެންނެތް ބޭފުޅުން ފޯނުން މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުނަމަ 6680056 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

4 ރަމަޟާން 1436

21 ޖޫން 2015
ހޯދާ