މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ވިޔަފާރިއަށް މުދާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

މިކައުންސިލްގެ ފަރާތުން ހިންގަމުންދާ ރައްޔިތުންގެ ވިޔަފާރިއަށް މުދާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިކައުންސިލްގެ ފަރާތުން ހިންގަމުންދާ ރައްޔިތުންގެ ވިޔަފާރިއަށް މުދާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް އެދޭ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 24 ޖޫން 2015 ވާ ބުދަ ދުވަހުގެ 10:30ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިކައުންސިލުގެ މެންބަރު ޢަލީ އައިމަންގެ 9114499 ފޯނާއެވެ. ބޭސް ސަޕްލައިކޮށްދޭން ބޭނުންވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ އެއްވެސް ފަރާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

ކުރެޑިޓަށް މުދާ ދޫކުރުމަށް ކަނޑައަޅާ އަގަށް %80

ކުރެޑިޓަށް މުދާ ދޫކުރާ މުއްދަތަށް  % 10

މާލީތަނަވަސް ކަމަށް  % 10

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

04 ރަމަޟާން 1436

21 ޖޫން 2015
ހޯދާ