ދާންދޫ ސްކޫލް
ދިވެހިރާއްޖެ
ސައިންސްލެބް އިމާރާތް ކުރުމާބެހޭ

މި ސްކޫލުގެ ސައިންސްލެބް އިމާރާތް ކުރުމާ ބެހޭ

މި ސްކޫލުގެ ނަންބަރު GS-199/IUL-2015/18 އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ. ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވުމާއެކު، މިމަސައްކަތްތަކަށް ދެވޭ މަޢުލޫމާތާ އެއްގޮތަށް މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 23 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރައްވައި 28 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މިމަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތަކަށް ޕޮއިންޓްދެވޭނެ ގޮތުގެ ތަފުސީލު ތިރީގައިމިވަނީއެވެ.

  • ހުށަހަޅާފައިވާ އަގަށް 65 ޕޮއިންޓް
  • މަސައްކަތުގެ މުއްދަތަށް 15 ޕޮއިންޓް
  • މަސައްކަތުގެ ތަޖުރިބާއަށް 10 ޕޮއިންޓް
  • މާލީ ޤާބިލުކަމަށް 10 ޕޮއިންޓް

މަސައްކަތުގެ ތަޖުރިބާ (މިބަޔަށް ޕޮއިންޓް ލިބޭނީ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާ ކަމުގެ ލިޔުމެއް) ހުށަހަޅާފައިވާނަމަައެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމުގައި ކުންފުންޏަކުން ކަމުގައިވާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ އަދި އަމިއްލަ ފަރާތަކުންނަމަ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވަނެއެވެ.

28 ޝަޢުބާންް 1436

15 ޖޫން 2015
ހޯދާ