މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ސަރވިސް އެސިސްޓެންޓް (މަސައްކަތު)

ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މިދަންނަވާ މަޤާމުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލު އަދި އިޚުލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝައުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމު:

ސަރވިސް އެސިސްޓެންޓް (މަސައްކަތު)

ސެކްޝަން:

އެޑްމިނިސްޓްރޭޝަންް ސެކްޝަން/ ޖެނެރަލް ސަރވިސަސް ޑިވިޜަން

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން
  • ޞިއްޙަތު ރަނގަޅު މީހެއް ކަމުގައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކު ކަމުގައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

އެމްއެމްއޭގެ އިމާރާތާއި ތަކެތި ފޮޅައި ސާފުކުރުން.

ހުނަރުވެރިކަން: 

  • އަމިއްލައަށް އިސްނެގުމާ އެކު މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރުން.
  • އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާ އެކު މުޢާމަލާތުކުރުމުގެ ޤާބިލުކަން ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓިފިކެޓްގެ ކޮޕީ
  • ވަޒިފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް.
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.

ސުންގަޑި

21 ޖޫން 2015 ވާ އާދިއްތަ ދުވަހުގެ 13:30 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި ވަޒީފާ އަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

22 ޝަޢުބާން 1436

09 ޖޫން 2015
ހޯދާ