ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ލައިބްރަރީ ޢިމާރާތުގެ ސީލިންގ މަރާމާތުކުރުމާއި ފުރާޅުން ޓިނު ބަދަލު ކުރުމާބެހޭ

މިމަރުކަޒުގެ ލައިބްރަރީ ޢިމާރާތުގެ ސީލިންގ މަރާމާތުކުރުމާއި ފުރާޅުން ބަދަލު ކުރަންޖެހޭ ޓިނު އަމިއްލަ ތަކެތީގައި ބަދަލު ކުރުމާބެހޭ

މިމަރުކަޒުގެ ލައިބްރަރީ ޢިމާރާތުގެ ސީލިންގ އަމިއްލަ ތަކެތީގައި މަރާމާތުކުރުމާއި، ފުރާޅުން ބަދަލު ކުރަންޖެހޭ ޓިނު އަމިއްލަ ތަކެތީގައި ބަދަލު ކުރުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖޫން 2015 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ޖޫން 2015 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގެންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.

21 ޝަޢުބާން 1436

08 ޖޫން 2015
ހޯދާ