ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެނޭޖްމަންޓް ކޮންސަލްޓެންޓް

މެނޭޖްމަންޓް ކޮންސަލްޓެންޓެއް ހޯދުމާބެހޭ

މި ކުންފުންޏަށް 6 މަސްދުވަހުގެ މުއްދަތަށް "މެނޭޖްމަންޓް ކޮންސަލްޓެންޓެއް" ހޯދަން ބޭނުންވެއްޖެއެވެ.  

މުސާރަ

މަހަކު -/25,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ.

ޝަރުޠު:

  • މެނޭޖްމަންޓުގެ ދާއިރާއަކުން އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު، މެނޭޖްމަންޓުގެ އެންމެ އިސް ފެންވަރުގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ،
  • ބްރޯޑްކާސްޓިންގ ދާއިރާއެއްގައި 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މެނޭޖްމަންޓް ކޮންސަލްޓެންޓުގެ މަސްއޫލިއްޔަތު:

  • ޕަބްލިކް ސަރވިސް މީޑިއާގެ ހިއުމަން ރިސޯސް އޮޑިޓްކޮށް، މުޅި ކުންފުނި ރައިޓްސައިޒްކުރުމުގެ މަސައްކަތްކުރެއްވުން.
  • ޕަބްލިކް ސަރވިސް މީޑިއާގެ ހިންގުމުގެ އޮނިގަނޑާއި ސްޓްރަކްޗަރާއި މުސާރައާއި ޢިނާޔަތުގެ އޮނިގަނޑު އެކުލަވައިލުން.
  • ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖްމަންޓް ސްޓްރަކްޗަރ އެނަލައިޒްކޮށް ކުންފުނީގެ ލަނޑުދަނޑި ހާސިލުކުރެވޭގޮތަށް ގެންނަންޖެހޭ ބަދަލުތައް، އިސް މެނޭޖްމަންޓުގެ ލަފާގެމަތީން ގެނައުމާއި ތަންފީޒުކުރުން.
  • ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުގައި ބަޔާންކުރެވިފައިވާ، ކުންފުނި ހިންގުމުގެ ސިޔާސަތުތައް އެކަށައެޅުމަށް ބޭނުންވާ ފަންނީ ލަފާދިނުން.
  • ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށްޓަކައި، ކުންފުނީގެ ޑިޕާޓްމަންޓްތައް ކަނޑައަޅައި، ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ތަރުތީބުކުރުމަށް ބޭނުންވާ ފަންނީ ލަފާދިނުމާއި އިމްޕްލިމެންޓޭޝަންގައި އެހީތެރިވެދިނުން.
  • ވަޒީފާތަކުގެ ޖޮބް ޑިސްކްރިޕްޝަންތަކާއި ޖޮބް ސްޕެސިފިކޭޝަން އެކުލަވައިލުމުގައި ފަންނީ ލަފައާއި އިރުޝާދު ދިނުން.
  • ކުންފުނީގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރެވެން ހުރި ކަންތައްތައް، މެނޭޖްމަންޓަށް އަންގައިދިނުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިކަމަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓުފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް ބޭނުންކުރެވޭނެ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • މިކަމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

ސުންގަޑި:

 

މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން 2015 ޖޫން 16 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

17 ޝަޢުބާން 1436

04 ޖޫން 2015
ހޯދާ