ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލް އިދާރާ މަރާމާތުކުރުން

ހދ. އަތޮޅު ކައުންސިލަށް އަންނަނިވި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

  1. ކައުންސިލް އިދާރާގެ ކަރަންޓް ވައިރިން ބަދަލުކުރުން
  2. ކައުންސިލުން ދޭ ޑިޒައިނަށް ޕާޓިޝަން ޖަހައިދިނުން
  3. ކައުންސިލުން ދޭ ޑިޒައިނަކަށް ފްރޮންޓް އޮފީސް ކައުންޓަރެއް ޖަހައިދިނުން

މި މަސައްކަތްތައް ކުރެއްވުމަށް ޝައުޤުވެލައްވާ ފަރާތްތަކުން މިމަސައްކަތްތަކާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް 17 ޖޫން 2015 ވާ ބުދަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. 

އަންދާސީހިސާބު ހުށަހެޅުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނީ 25 ޖޫން 2015 ވާ ބުދަ ދުވަހުގެ 10:30 އަށް ހދ. އަތޮޅު ކައުންސިލް އިދާރާއަށެވެ. ގަޑިޖެހިގެން ހުށަހަޅުއްވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިމަސައްކަތްތައް ކުރެއްވުމަށް ޝައުޤުވެރިވެވަަޑައިގަންވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތުު ހުޅުވާލައި، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.

17 ޝަޢުބާން 1436

04 ޖޫން 2015
ހޯދާ