މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

މި އިދާރާގެ، ތިރީގައިމިވާ މަޤާމުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ އެންމެހައި ފަރާތްތަކަށް މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް: ޑްރައިވަރ

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެސް. އެސް. 2

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

މަޤާމުގެ ނަންބަރު: 222265

ބޭނުންވާ އަދަދު: 1 (އެކެއް)

އޮފީސް / އިދާރާ: ކެނދިކުޅުދޫ ކައުންސިލް އިދާރާ

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: ކެނދިކުޅުދޫ ކައުންސިލް އިދާރާ

ޔުނިޓް:  ކޯޕަރޭޓް އެފެއާޒް ޔުނިޓް

މުސާރަ: 3470.00 ރުފިޔާ

ސަރވިސް އެލަވަންސް:  1000.00 ރުފިޔާ

މަޤާމުގެ އަސާސީ ޝަރުޠު:

  1. ބީ ވަން / ބީ ޓޫ ކެޓަގަރީގެ ވެހިކަލް ދުއްވުމުގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ބީ ވަން / ބީ ޓޫ ކެޓަގަރީގެ ވެހިކަލް ދުއްވުމުގެ ލައިސަންސް ލިބިފައިވުން. ނުވަތަ؛
  3. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރަން އެނގުމާއެކު، މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މި އިދާރާއިން ހަމަޖައްސާ އުސޫލާ އެއްގޮތަށް ރަސްމީ ގަޑިތަކުގައްޔާއި ނުރަސްމީ ގަޑިތަކުގައި، އިދާރާގެ ވޭން ދުއްވުން.
  2. ވޭން ދޮވެ ސާފުކޮށް ބެލެހެއްޓުން.
  3. ޓެކްނިކަލްގޮތުން ވޭނަށް ދޭންޖެހޭ ސަރވިސް، ދުވަހުން ދުވަހަށް ދިނުން.
  4. ވޭނަށް މަރާމާތެއް ބޭނުންވެއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތީން އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  5. ވޭނުގެ ޑްރައިވިންގ ލޮގް ބެލެހެއްޓުން.
  6. ވޭނުގެ ޚިދުމަތްދިނުމުގައި ކައުންސިލުން ހަދައިފާވާ ޤަވައިދަށް ޢަމަލުކުރުން.
  7. އިދާރާއިން ސްކޫލް ދަރިވަރުންނަށްދޭ ބަހުގެ ޚިދުމަތްދިނުމުގައި ބަސް ދުއްވަންޖެހިއްޖެ ޙާލަތެއްގައި ބަހުގެ ޚިދުމަތް ދިނުން.
  8. އިދާރާއަށް ގަންނަން ބޭނުންވާ ތަކެތި، ފައިނޭންސް ޔުނިޓުން އަންގާގޮތެއްގެމަތީން ގަނެ، އިދާރާއަށް ގެނައުން.
  9. މީގެ އިތުރުން، ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތްތަކާ ގުޅިގެން ޔުނިޓް ހެޑް އަންގަވާ މަސައްކަތްތައް ކުރުން.

ވަޒީފާޔަށް އެއްމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  2. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިޔު އޮންނާނެ ވަގުތާއި، ތަން:

މި ވަޒީފާޔަށް  އިންޓަވިޔުކުރުން  އޮންނާނީ،  ކެނދިކުޅުދޫ  ކައުންސިލް  އިދާރާގައެވެ.  އިންޓަވިޔު  އޮންނާނެ  ތާރީޚާއި  ވަގުތު،  އިޢުލާނުގެ  މުއްދަތު  ހަމަވާތާ  ގިނަވެގެން  5  ދުވަހުގެ  ތެރޭގައި  އެންގޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހުގެ ތާރީޚު:

މި މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ހުށަހަޅާނީ، 2015 ޖޫން 16 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ކެނދިކުޅުދޫ ކައުންސިލް އިދާރާއަށެވެ. އެޕްލިކޭޝަން ފޯމް، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި ކެނދިކުޅުދޫ ކައުންސިލް އިދާރާއިންވެސް އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ ޤަވައިދުގައި ހަމަޖެހިފައިވާ އުސޫލުތަކުގެމަތީން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތާއި، އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާޔަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ކައުންސިލް އިދާރާއިން)
  2. ސިވިލް ސަވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި، ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.  
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭގޮތަށް ނެގިފައިވާ ސާފު ކޮޕީއެއް.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރަށް މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 6560013 ފޯނާ ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6560013 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

17 ޝަޢުބާން 1436

04 ޖޫން 2015
ހޯދާ